twitterviber whatsapp telegramfacebookyoutube instagram
23rd July 2025

މަހާ ޖައްރާފުގެ ބުރަފަތީގައި އޮޅުނީ ވަލެއް، އަލުން މަސައްކަތް ފަށައިފި

Nov 18, 2017

ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކަމުންދާ އެމްޓީސީސީގެ މަހާ ޖައްރާފުގެ ބުރަފަތީގައި ވަލެއް އޮޅި މަސައްކަތަށް ބުރޫ އަރައިފި އެވެ. ވާ އޮޅުމުން މަސައްކަތް މެދުކަނޑާލީކަމަށް އެމްޓީސީސީ ބުނެ އެވެ.

އެމްޓީސީސީ އެމްޑީ އިބުރާހިމް ޒިޔަތު ކޭއޯއަށް މިއަދު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަހާ ޖައްރާފުގެ މަސައްކަތް މެދުކަނޑާލީ ބުރަ ފަތީގައި ވަލެއް އޮޅުމުން ކަމަށެވެ. ނަމަވެސް މަހާ ޖައްރާފުގެ މަސައްކަތް އަލުން މިއަދު ފަށާފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހާ ޖައްރާފުގެ ބުރަފަތީގައި އޮޅުނީ އެމްޓީސީސީގެ ބާޖެއްގެ ވާ ކަމަށެވެ. މަސައްކަތް އަލުން ފެށިފައިވާއިރު އިތުރު އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާވެފައިނުވާ ކަމަށް ޒިޔަތު ފާހަގަކުރެއްވި އެވެ.

އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހު 12 ދުވަހުއެވެ.

މަހާޖައްރާފަކީ ގާތްގަނޑަކަށް 50 މީޓަރު އަޑިން އެއްފަހަރާ 3700 ކުއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރ ފުޅާ ޑްރެޖަރެކެވެ.

އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވަ ޑްރެޖަރު ބަނދެފައި ވަނީ ނެދަލޭންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355