twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ޝަހީދު ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފި

Nov 18, 2017

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުގެ ފަރާތުން އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ފޮޓޯއެއް ހަދިޔާކޮށްފިއެވެ.

2 ފޫޓް 3 ފޫޓުގެ މި ފޮޓޯ ހަދިޔާކޮށްފައިވަނީ ކުޅުދުއްފުށީގައި މިއަދު ބޭއްވި އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ސައިލެންޓް ޑްރިލްގެ ދައްކާލުން ފެށުމުގެ ކުރިންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާގެ ފަރާތުން މި ފޮޓޯއާއި ހަވާލުވެލެއްވީ ބައްޕަ, އާދަމް މުޙައްމަދާއި މަންމަ, އައިޝަތު ހަސަންއެވެ.

މި ފޮޓޯއަކީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ކުޅުދުއްފުށީގައި ދައްކާލި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް ފަހު ނަގާފައިވާ ހަނދާނީ ފޮޓޯއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355