twitterviber whatsapp telegramfacebookyoutube instagram
18th April 2026

ކުޅުދުއްފުށީ ގެއަކުން މަސްތުވާތަކެެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

Nov 21, 2017

ހދ ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ތިން މީހުން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓްތަކެއް ފެނުމާއި ގުޅިގެންނެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355