twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރީޖަނަލް އެސްއެމްއީ ފައިނޭންސް ފޯރަމް މިފަހަރު ކުޅުދުއްފުށީގަ

Nov 21, 2017

އިކޮނޮމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކުރެވިގެން ބާއްވާ “ރީޖަނަލް އެސްއެމްއީ ފައިނޭންސް ފޯރަމް”ގެ ތިން ވަނަ ބުރު ކުޅުދުއްފުށީގައި ބާއްވަން

ހަމަޖައްސައިފި އެވެ.

ހދ އަތޮޅަށް އަމާޒުކޮށްގެން ބާއްވާ މިފޯރަމް އޮންނަނީ މިމަހު 25 ވާ ހޮނިހިރުދުވަހު އެވެ. އެއް ދުވަަހުގެ ނިޔަލަށް ކުރިގެންދާ މިފޯރަމަކީ ހދ އަތޮޅުގައި އަލަށް ވިޔަފާރި ފަށަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގައި ހުރި މާލީ ދަތިކަމުގެ ސަބަބުން ނުފެށި ތިބި ފަރާތްތަކަށާއި ކުދިން އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މިފޯރަމުގައި އަތޮޅުތަކުގެ ވިޔަފާރިތަކާއި މާލޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝިއަލް އިންސްޓިޓުއުޝަންތަކާއި ގުޅުވައިދީ މާލީ އެހީތެރިކަން ހޯދުމުގައި ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ އިތުރުން ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަމަށް ހައްލު ހޯދައިދިނުން ހިމެނެ އެވެ.

މި ފޯރަމްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސއަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައިވެރިވާނެ އެވެ.

މީގެ ކުރިން މިފަދަ ފޯރަމްތަށް އައްޑޫ ސިޓީ އާއި މ އަތޮޅުގައި ވަނީ ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355