twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ނަސްރުންގެ ދުވަހާ ގުޅުވައިގެން އަފީފުއްދީންގައި ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

Nov 21, 2017

ނަސްރުންގެ ދުވަހާއި ގުޅުވައިގެން އަފީފުއްދީން ސްކޫލް އާރޓު ކުލަބުގެ ފަރާތުން އެސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކުރެހެމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

މިއަދު ހެނދުނު އެސްކޫލު ހޯލުގައި ބޭއްވި މި ޖަލްސާގައި މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންނަށް ސެޓްފިކްޓް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ހދ އަތޮޅު ކައުންސިލްގެ ޒިންމާދާރު އިސް ވެރިޔާ އިބްރާހިމް ރަޝީދެވެ.

ޖަލްސާ ޝަރަފުވެރިކޮށްދެއްވާ އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ހުނަރެއް ލިބިފައިވާ ކުއްޖެއްކަމަށާއި އެކުދިންނަށް އެ ހުނަރެއް އިތުރު ފުޅާ ކުރުމަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ދޭންޖެހޭ ކަމަށާއި އެފަދަ ފުރުސަތުތައް ގޭތެރެއިންނާއި ސްކޫލުންވެސް ދަރިވަރުންނަށް ހުޅުވައިދޭން ޖެހޭކަމަށެވެ.

ޖުމަލް 147 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ގްރޭޑް 1 ން ފެށިގެން 9 ގެ ދަރިވަރުން ބައިވެރިވެފައިވާއިރު ހުރިހާ ގްރޭޑަކުންވެސް ވަނީ އެއްވަނަ ދެނަވަ އަދި ތިން ވަނަ ހޮވާފަ އެވެ.

އަންނަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅުވައިގެންވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް އެސްކޫލުން ވަނީ ހަމަޖައްސާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355