twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހޯރަފުށީގައި ހުރީ އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަވެފަ: މެމްބަރު

Nov 22, 2017

ރައީސް ޔާމީންގެ ސަރުކާރުން ހޯރަފުށީގައި އަސާސީ ހުރިހާ ހިދުމަތެއް ފޯރުކޮށްދީ ފުރިހަމަކޮށްދީފައިވާކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

2018 ވަނަ އަހަރު ބަޖެޓްގައި ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ވިދާޅުވީ ހޯރަފުށީގައިވެސް އަސާސީ ހިދުމަތްތަކޭ މިކިޔާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަންތަން ފާހަގަކުރައްވާފައި އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ގިރާ ސަރަހައްދު ހިމާޔާތް ކުރުމާއި ބޭންކިންގެ ހިދުމަތްތާއި މަލްޓިޕާޕަސް ހޯލެއް މަސައްކަތާއި ރީޖަނަލް ފެންވަރުގެ ޕޮލިސް ސްޓޭޝަން އިމާރާތާއި 650 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވާކަން ފާހަގަކޮށްފަ އެވެ. އެދާއިރާގެ ތިން ރަށަށް ސީ އެމްބިއުލާންސް އެއްވެސް މިހާރު ސަރުކާރުން ހަމަޖައްސަދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ބަޖެޓް ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ އެއާޕޯޓްގެ އެއްވެސް ކަމެއް ކުރަން ބަޖެޓްގައި އަދަދެއް ހިމެނިފައިވާ ނެތުމުން ދާއިރާގެ ރައްޔިތުން ހިތާމަކުރާކަމަށް މުހައްމަދު އިސްމާއިލް ފާހަގަކުރެއްވި އެވެ.

އުލިގަމަކީވެސް އަސާސީ ހިދުމަތްތަކެއް ލިބެން ބޭނުންވާނެ ރައްޔިތުންތަކެއް އުޅޭ ރަށެއްކަމަށާއި އެހެންކަމުން އެރަށުގައިވެސް އެހިދުމަތްތަށް ލިބޭގޮތް ވުމަކީ އުންމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ރަށަކަށް އެރަށެއްގެ ރައްޔިތުން ބޭނުންވާހާ ހުރިހާކަމެއް ނުކޮށްދެވޭނެކަމަށާއި އެހެންނަމަވެސް މިވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އުތުރުން ފެށިގެން އައްޑޫއަށް ހަމައަށް ތަރައްގީގެ މަޝްރޫއުއެއް ނުހިނގާ އެއްވެސް ރަށެއް ހުރިކަމަށް ގަބޫލުނުކުރައްވާކަމަށް މުހައްމަދު އިސްމާއިލު ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355