twitterviber whatsapp telegramfacebookyoutube instagram
25th May 2025

“ކޮންމެ މީހަކު ފޮތެއް” މި ޝިޔާރުގެ ދަށުން ނެއްލައިދޫގެ ލައިބްރަރީއަށް ފޮތް އިތުރު ކުރުމުގެ ކެމްޕެއިނެއް !

Nov 23, 2017

“ކޮންމެ މީހަކު ފޮތެއް” މި ޝިޔާރުގެ ދަށުން ނެއްލައިދޫ ސްކޫލްގެ ލައިބްރަރީއަށް ފޮތް އިތުރު ކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.

މިއީ ނެއްލައިދޫގެ ކުލަބް ރެފިއުޖީއިން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ. އެ ކުލަބުން ހާމަ ކުރާ ގޮތުގައި މިއީ ނެއްލައިދޫ ސްކޫލްގެ ލައިބްރަރީއަށް ފޮތް އިތުރުކުރުމުގެ ގޮތުން ހިންގޭ ހަރަކާތެކެވެ.

މިއަދުން ފެށިގެން 15 ޑިސެންބަރުގެ ނިޔަލަށް ކުރިއަށް ދާ މި ހަރަކާތުގައި ފޮތް ހަދިޔާ ކުރާއިރު އިސްލާމްދީނާ، ދިވެހި ސަގާފަތަށް ފުށޫނާރާ ގޮތަށް ފޮތް ހަދިޔާ ކުރުމަށް އިސްކަން ދިނުމަށް ކުލަބް ރެފިއުޖީގެ ފަރާތުން އެދެ އެވެ. އަދި އެ ކުލަބުން މައުލޫމާތު ދޭ ގޮތުގައި މި ކެމްޕެއިނުގައި ބަލައިގަންނާނީ ހަމައެކަނި ފޮތް ކަމަށާއި ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެ ކުލަބުގެ ފަރާތުން އެދެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ 7893618 އާ ގުޅުމަށް އެ ކުލަބުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355