twitterviber whatsapp telegramfacebookyoutube instagram
20th May 2024

އިހްލާސް ޤުރުއާން މުބާރާތުން 1 ވަނައަށް ދިޔަ ދެ ދަރިވަރުންނަށް އުމްރާ ދަތުރެއް

Nov 26, 2017

އިހްލާސް ޤުރުއާން ކުލާހުގެ 4 ވަނަ ޤުރުއާން މުބާރާތް ދެ ދަރިވަރަކު ކާމިޔާބުކޮށް، އުމްރާ ދަތުރު ހޯދައިފި އެވެ.

ތިލަދެކުނު ސިނަމާގައި އިއްޔެ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި މުބާރާތުގެ ސީނިއާރ ކެޓަގަރީން އެއްވަނައަށްދިޔަ ދެ ދަރިވަރަށް އުމްރާ ދަތުރެއް ވަނީ ލިބިފައެވެ. އެއީ ހދ. ކުޅުދުއްފުށީ، ނޫރު، އައިޝަތު ޖައުޝަން އިމާދު އަދި ހދ. ނޮޅިވަރަމް، ޒަމާނީކުލަ، އުމައިލާ އަބްދުލްރަހީމް އަށެވެ.

އިހްލާސް ޤުރުއާން ކުލާހުގެ ހެޑްމާސްޓަރު މޫސާ މާހިރު ކޭއޯއަށް ވިދާޅުވި ގޮތުގައި މި އުމްރާ ދަތުރުގައި އުމްރާއަށް ދިއުމުގެ ފުރުސަތު ލިބޭނީ އަންނަ އަހަރުގެ ރަމްޟާންމަހުގައި ކަމަށެވެ.

މުބާރާތުގެ ޖޫނިއަރ ކެޓަގަރީން އެއްވަނައަށްދިޔަ ދަރިވަރަށް ފަސްހާސް ރުފިޔާގެ ފައިސާ އިނާމު ލިބިފައިވާއިރު އިތުރު ވަނަތަކަށް ވެސް ވަނީ އިނާމާއި ޓްރޮފީ ވަނީ ހަވާލުކޮށްފަ އެވެ.

މިދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ކުޅުުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން އެވެ.

ސީނިއަރ ކެޓަގަރީ އާއި ޖޫނިއަރ ކެޓެގަރީއަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 156 ބައިވެރިން ބައިވެރިވި އެވެ. އެގޮތުން ޖޫނިއަރ ކެޓެގަރީގައި ހިމެނެނީ 16 އަހަރުން ދަށުގެ އުމުރުފުރާތަކެވެ. އަދި ސީނިއަރ ކެޓަގަރީގައި ހިމެނޭނީ 19 އަހަރުން މަތީގެ އުމުރުފުރާތަކެވެ

އޮކްޓޫބަރ 6، 7 ގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަމައެކަނި އިހްލާސް ޤުރުއާން ކުލާހުގެ މަރްޙަލާ ކުލާސްތަކުގައި ކިޔަވާ ދަރިވަރުންނާއި ޤާރީ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355