twitterviber whatsapp telegramfacebookyoutube instagram
20th May 2024

ތިލަދެކުނު ހިތްވަރުދިނުމުގެ އިނާމް 9 ފަރާތަކަށް

Nov 25, 2017

ތިލަ ދެކުނު ޝަރަފުވެރިކަމުގެ އިނާމުގެ ހިތްވަރުދިނުމުގެ އިނާމް މިއަހަރު 9 ފަރާތަކަށް ލިބިއްޖެ އެވެ.

އަފީފުއްދީން ސްކޫލް ހޯލްގައި މިރޭ ބޭއްވި ތިލަދެކުނު ޝަރަފްވެރިކަމުގެ އެވޯޑް ދިނުމުގެ ހާއްސަ ޖަލްސާގައި އިނާމު ލިބުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިމެހެމާން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް އަލީ އެވެ.

ހިތްވަރު ދިނުމުގެ އިނާމު ދެނީ ހދ އަތޮޅަށް، ގައުމަށް ނުވަަތަ ރަށަށް ފާހަގަ ކުރެވޭފަދަ އަގުހުރި ހިދުމަތްތެއް އެކަށީގެންވާ މުުއްދަތަކަށް ކޮށްދީފައިވާ ނުވަތަ ކޮށްދެމުންދާ ހދ އަތޮޅަށް ނިސްބަތްވާ އާންމު ފަރާތްތަކަށާއި ކުލްބު ޖަމިއްްޔާ ނުވަތަ ޖަމާއަތްތަަކަށެވެ.

ތިލަ ދެކުނު ޝަރަފްވެރިކަމުގެ އިނާމު އަދި ހިތްވަރުދިނުމުގެ އިނާމު ދިނުމުގެ އިނާމު ދެވޭ ދާއިރާ ތަކަކީ ދީނީ ހޭލުންތެރިކަމުގެ ދާއިރާ، އިލްމި އުނގެނުމާއި އުގަންނައިދިނުމުގެ ދާއިރާ، ދިވެހި ބަހާއި އަދަބިއްޔާތު އަދި ތާރީހަށް ހިދުމަތްކުރުމުގެ ދާއިރާ، ތައުލީތީ ދާއިރާ، ސިއްހީ ދާއިރާ/ ހަކީމީ ބޭސްވެރިކަމުގެ ދާއިރާ، ތިމާވެށީގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، އައު އުފެއްދުންތެރި ކަމުގެ ދާއިރާ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާ، އިޖްތިމާއީ ހިދްމަތުގެ ދާއިރާ، އަތްތެރި މަސައްކަތުގެ ދާއިރާ އަދި ހަބަރާއި މައުލުމާތު ފެތުރުމުގެ ދާއިރާއެވެ.

ހިތްވަރުދިނުމުގެ އިނާމް ލިބުނު 9 ފަރާތް:

– އިބްރާހިމް އުޘްމާން ހިޔާވަހި / ހދ ނޭކުރެންދޫ

– އާމިނަތު މަޖީދާ އަމާޒް / ހދ ކުޅުުދުއްފުށި

– އާއިޝަތު މުހައްމަދު ނަސްރުއްސަބާ / ހދ ކުމުންދޫ

– ޔަޝްފާ އަބްދުލްޣަނީ ރޯޒަރީ / ހދ މަކުނުދޫ

– އާއިޝަތު މޫސާ ދޮންދުނބުރިގެ / ހދ ކުޅުދުއްފުށީ

– ސަންފާ މުހައްމަދު ސިތާރާގެ / ހދ ކުޅުދުއްފުށީ

– ޤަސީމާ ޤާސިމް ކިޔަވާގެ / ހދ ކުޅުދުއްފުށި

– ހާރޫން މުހައްމަދު ހީލިއަމް / ހދ ކުޅުދުއްފުށި

– މޫސާ އަބޫބަކުރު ގުލްތަރުޖަމާގެ / ހދ ކުޅުދުއްފުށި

ކައުންސިލުންދޭ ހާއްސަ އިނާމުތަކަކީ ތިލަ ދެކުނު ރަންތަރި، ތިލަ ދެކުނު އުޖާލާތަރި (ޘާނަވީ ބައި)، ތިލަ ދެކުނު އުޖާލާތަރި (މަތީ ޘާނަވީ ބައި)، ތިލަ ދެކުނު ހިންމަތްތެރި ތަރި އެވެ. މި އިނާމުތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާރމަން އަލްފާޟިލް ސޯލިހް ހުސެއިން، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒް މުހައްމަދު ނަސީދު އަދި ހދ އަތޮޅު ކޮމާންޑަރ އިންސްފެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމެވެ.

ތިލަދެކުނު އުޖާލާތަރި ލިބުނު 20 ފަރާތްތައް:

– މުސްއަބު އާދަމް ހުރާ/ ހދ ކުޅުދުއްފުށި

– އަހުމަދު ސާމީ އަބޫބަކުރު މާވަށި / ހދ ކުޅުދުއްފުށި

– ފާތިމަތު އީމާން މުހައްމަދު ސްވެނިއާރ / ހދ ކުޅުދުއްފުށި

– ޛީބާ އަލީ ބުލްބުލާގެ / ހދ ކުރިނބީ

– މުހައްމަދު އަބްދުރަައްޒާގު ގަދަރު / ހދ ކުޅުދުއްފުށި

– އިޒްކާ މުހައްމަދު މާޒީ / ހދ ކުޅުދުއްފުށި

– އިފާޔަތު އިބްރާހިމް ޝަރީފާމަންޒިލް / ހދ ކުޅުދުއްފުށި

– އިހާދާ އަހުމަދު ކޮތަރި / ހދ ކުޅުދުއްފުށި

– އަހުޒަމް އާދަމް ދުރުމީ / ހދ ކުޅުދުއްފުށި

– އަމަތުﷲ މޫސާ މަލަސް / ހދ ކުޅުދުއްފުށި

– ސަރާ އަބްދުއްރަހުމާން މާތިލަ / ހދ ކުޅުދުއްފުށި

– ހުމައިދު ހަސަން އަލަކަ / ހދ ކުޅުދުއްފުށި

– މުހައްމަދު އަހުމަދު ރަޝިޔާ / ހދ ކުޅުދުއްފުށި

– އާއިޝަތު މަލްދާ ވާދީ / ހދ ނެއްލައިދޫ

– ސަރާ އަބްދުއްރަހީމް ރޯޒްމީޑް / ހދ ފިނޭ

– ނަދާ ހުސެއިން ދުވެލި / ހދ ނޮޅިވަރަމް

– އަނޫޝާ އަބްދުލްޣަނީ ރޯޒަރީ / ހދ މަކުނުދޫ

– މުހައްމަދު ހައިކަލް އަހުމަދު އޯޒޯން / ހދ މަކުނުދޫ

– އާއިޝަތު ޖަޒީލާ ހުސެއިން ކާކީގެ / ހދ ކުޅުދުއްފުށި

– އަލީ ނާޖިހް ގިރިޓީގެ / ހދ ކުޅުދުއްފުށި

– ފާތިމަތު ޝައުރާ ނޫރާނީއާގެ / ހދ ހަނިމާދޫ

ތިލަދެކުނު ރަންތަރި ލިބުނު 17 ފަރާތް:

– މަރްޔަމް ޘަމްރާ މަބުސްތާނުގެ / ހދ ހިރިމަރަދޫ

– އަހުމަދު މިރާޘް ކަނީރު / ހދ ނޮޅިވަރަމްފަރު

– ހަނީފާ އަބްދުﷲ ނަލަހަނދުވަރު / ހދ ކުމުންދޫ

– އަލީ އަރީފް ސަވޭރާ / ހދ ނޮޅިވަރަމްފަރު

– އަލީ ޚާލިދު ސެނެކާ / ހދ ހަނިމާދޫ

– އިޒްކާ މުހައްމަދު މާޒީ / ހދ ކުޅުދުއްފުށީ

– އިފާޔަތު އިބްރާހިމް ޝަރީފާމަންޒިން / ހދ ކުޅުދުއްފުށި

– އިހާދާ އަހުމަދު ކޮތަރި / ހދ ކުޅުދުއްފުށި

– މުހައްމަދު ޝާފީ މޫން / ހދ ނޭކުރެންދޫ

– އާއިޝަތު ސިފްނާ ފެންފިޔާޒްގެ / ހދ ފިނޭ

– ސާއިދާ މުހައްމަދު މިންވަރު / ހދ ނައިވާދޫ

– ޝާނު މުހައްމަދު ދޫރެސް / ހދ ކުރިނބީ

– މުއްހަމަދު އިޖްވާން އެމޭޒަމް / ހދ ނެއްލައިދޫ

– އާއިޝަތު މަލްދާ ވާދީގެ / ހދ ނެއްލައިދޫ

– ނަދާ ހުސެއިން ދުވެލި / ހދ ނޮޅިވަރަމް

– ނާޔާ ނަސީރު ސަބުދެލިގެ / ހދ ވައިކަރަދޫ

– އަރާޝް އަހުމަދު ތައުފީގް އެމިރެޓްސް / ހދ މަކުނުދޫ

ތިލަދެކުނު ހިންމަތްތެރިތަރި ލިބުނު ފަރާތްތައް:

– ނަޝާ ނިޒާރު ޒަމްޒަމް / ހދ ކުޅުދުއްފުށި

– ރުޚްޝަތު އަހުމަދު އޯކިޑް ހައުސް / ހދ ނޮޅިވަރަމް

– ސުހާ މޫސާ ނަދާ / ހދ ނޮޅިވަރަމް

– އަލީ ރިޝްވާން ސިފާ / ހދ ނޮޅިވަރަމް

– އަހުމަދު އަރުޝަމް ގުރަހާތަރި / ހދ ވައިކަަރަދޫ

– ފައިހާ އަބްދުﷲ އަގީލް ފަލްކަމް / ހދ ވައިކަަރަދޫ

– އަމީން ފަސީލް ރިވަރެސް / ހދ މަކުނުދޫ

– އުލާ އަބްދުﷲ ޖަލީލް ގުލްބަކާގެ / ހދ ވައިކަރަދީ

– އައިޝަތު އާޔާ އަލީ ގުލްބަކަގެ / ހދ ކުޅުދުއްފުށި

މަތީ ދަރަޖަ ހޯދާ ފަރާތް ތަކަށްދޭ ހާއްސަ އިނާމު ދެވޭ ދާއިރާއަކީ ތިލަ ދެކުނު ޝަރަފްވެރިތަރި (މަތީ ޘާނަވީ ބައި) އަދި ތިލަ ދެކުނު ތޫނުފިލިތަރީގެ އިނާމެވެ. މި އިނާމް ލިބުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް އެވެ.

ތިލަދެކުނު ތޫނު ފިލިތަރި ލިބުނުފަރާތްތައް:

– ޝާއިރާ އަހުމަދު ހޭޅި / ހދ ކުޅުދުއްފުށީ

– އަމީނާ އާދަމް ހުރާ / ހދ ކުޅުދުއްފުށީ

ތިލަދެކުނު ހިންގުންތެރި އިނާމު މި އަހަރު ދެވޭ ދާއިރާ ތަކަކީ ތިލަ ދެކުނު ހިންގުންތެރި މަދަރުސާ، ތިލަ ދެކުނު ހިންގުންތެރި ރަށުކައުންސިލެވެ. މި އިނާމް ލިބުނު ފަރާތްތަކަށް އިނާމް ހަވާލުކޮށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގެ މިނިސްޓަރ އަލްފާޟިލް އާދަމް ތައުފީގެވެ.

ހިންގުންތެރި ކައުންސިލްގެ އިނާމް ލިބުން ފަރާތް:

– ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް

ހިންގުންތެރި އިނާމް ލިބުނު 7 މަދަރުސާ:

– ނޮޅިވަރަމްފަރު ސްކޫލް

– ޖަލާލުއްދީން ސްކޫލް

– އަފީފުއްދީން ސްކޫލް

– ފިނޭ ސްކޫލް

– ނޮޅިވަރަމް ސްކޫލް

– ނައިވާދޫ ސްކޫލް

– މަކުނުދޫ ސްކޫލް

ހދ އަތޮޅުގެ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަކީ ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި ފާހަގަ ކުރެވޭ ޝަރަފްވެރިންނާއި ހިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި ހދ އަތޮޅުގައި އިލްމީ ގޮތުން ގާބިލް ޖީލެއް އުފެއްދުމާއި، ހދ އަތޮޅުގައި ތަފާތުއެކި ރޮނގުތަކުން ހުނަރުވެރިން އުފެއްދުމާއި އަތޮޅުފެންވަރުގައި އެންމެ ހިދުމަތްތެރި ކައުންސިލްތައް ފާހަގަކޮށް ކައުންސިލްގެ ހިންގުން ހަރުދަނާކޮށް އަތޮޅު ފެންވަރުގައި އެންމެ ހިދުމަތްތެރި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ފާހަގަކޮށް، އަތޮޅު ފެންވަރުގައި އެންމެ ހިދުމަތްތެރި ކުލަބު، ޖަމްއިއްޔާއެއް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އަގުވަޒަން ކުރުމުގެ ގޮތުން ހދ އަތޮޅު ކައުންސިލުން ތައާރަފްކުރި އިނާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355