މޮބައިލް ގޭމިންނަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރ ކަމަށްވާ އުރީދޫ ގޭމް ސްޓޯ ތައާރަފްކޮށްފިއެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި އެއްވެސް އިޝްތިހާރަކާއި ނުލާ މި ސްޓޯރ މެދުވެރިކޮށް ކުޅެވޭނެ ކަމަށެވެ. އަދި މޯބައިލް ފޯނަށް ހާއްސަ އުރީދޫ ގޭމް ސްޓޯ ހިޔާރުކުރައްވައިގެން އުރީދޫ ގޭމް ވެބްސައިޓް މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5 ގޭމުތައް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް އުރީދޫ ގޭމް ސްޓޯރގެ ހިދުމަތް ހޯދުމަށްޓަކައި ހިޔާރުކުރެވޭނެ ހާއްސަ ތިން އޮފަރ އެއް ވަނީ ތައާރަފް ކޮށްފައެވެ
އެގޮތުން 1 ދުވަހުގެ މުއްދަތަކަށް 2 ރުފިޔާގެ ގޭމާޒް ޕެކް ޑެއިލީ އާއި 1 ހަފްތާގެ މުއްދަކަށް 10 ރުފިޔާގެ ގޭމާޒް ޕެކް ވީކްލީގެ އިތުރުން 25 ރުފިޔާއަށް އެއްމަސްދުވަހުގެ މުއްދަކަށް ގޭމާޒް ޕެކް މަންތްލީ ހިމެނެއެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވި ގޮތުގައި އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް ފަސޭހަކަމާއި އެކު ކަސްޓަމަރުންނާއި ގުޅުވާލަދޭނެ ކަމަށާއި މިފަދަ ރާއްޖެއަށް މުޅިން އައު ހިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރ އިތުރަށް ފުޅާކޮށް މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި ތަފާތު ފީޗަރތައް އިތުރު ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން އެންޑްރޮއިޑް ފޯނު ބޭނުން ކުރައްވާ ފަރާތްތަކަށް އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިންގ އެޕްތައް ޑައުންލޯޑު ކުރެވޭނެ ކަމަށާއި އައިއޯއެސް ބޭނުން ކުރަށްވާ ބޭފުޅުންނަށް ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އަދި އުރީދޫ ގޭމް ސްޓޯ އާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓް ތަކަށް ޒިޔާރަތްކޮށްލެއްވުމުން ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.