twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަންނަ އަހަރު އަފީފުއްދީން ސްކޫލުގައި އޯޓިޒަމް ކުދިންނަށް ކިޔަވައިދޭން ފަށަނީ

Nov 29, 2017

2018 ވަނަ އަހަރު އަފީފުއްދީން ސްކޫލުގައި އޯޓިޒަމް ހުންނަ ކުދިންނަށް ކިޔަވައިދޭން ފަށާނެ ކަމަށް އެސްކޫލުގެ ޕްރިންސިޕަލް ނާސިހާ ވިދާޅުވެއްޖެ އެވެ. މިހާރުވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެސްކޫލުގައި ދަނީ ކިޔަވައިދެމުންނެވެ.

އަފީފުއްދީން ސްކޫލަކީ ފައުންޑޭޝަނުން ފެށިގެން ގުރޭޑްތަކުން ފެށިގެން ގުރޭޑް 10 އަކަށް ކިޔަވައިދޭ ސްކޫލެކެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ސެން ކުލާހެއް އުފެދިފައިވީނަމަވެސް ރަށު ދެކުނު ކޮޅުގައި ދިރިއުޅޭ އެފަދަ ކުދިންނަށާއި ބެލެނިވެރިންނަށް ކުދިން ގެންދިއުމާއި ގެނައުމުގެ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެފަދަ ކުދިންގެ ބެލެނިވެރިން ބުނެ އެވެ.

ނަމަވެސް އަންނަ އަހަރުން ފެށިގެން އަފީފުއްދީން ސްކޫލުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ފެށުމުން އެފަދަ މައްސަލަތަށް ހައްލުވެގެންދާނެކަމަށް ގަބޫލުކުރެވެ އެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ކޭއޯއަށް ވިދާޅުވީ އަހަރުން ފެށިގެން އަފީފުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ފަށާނެ ކަމަށާއި ނަމަވެސް އެސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނީ ސެން ކުލާހެއް ހަދައިގެން ނޫން ކަމަށެވެ.

” އަފީފުއްދީނުގައި މި އުފެދެނީ ސެން ކުލާހެއް ނޫން. އަޅުގަނޑުމެން މިއުޅެނީ އިންކުލޫސިވް އެޑިއުކޭޝަން ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާދޭން. ހުރިހާ ކުދިން ބައިވެރިކޮށްގެން އިންކްލޫސިވް އެޑިއުކޭޝަންގެ ތެރެއިން އަޅުގަނޑުމެންގެ އެހީތައް ކުދިންނަށް ލިބިގެންދާއިރުގަ ކޮންމެ ކުއްޖެއްވެސް މެއިންސްޓްރީމް ކުލާހެއްގަ ހުންނާނީ. އެތާގަ ވަގުތު ކޮޅެއް ހޭދަކޮށްފަހު ދެން ޓީޗަރާއެކު ވަކިިން ވަގުތުކޮޅެއް ހޭދަކުރާނީ.” ޕްރިންސިޕަލް ނާސިހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރުގެ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތުގެ ދަށުން އަންނަ އަހަރުން ފެށިގެން ކޮންމެ ސްކޫލެއްގައި ތަމްރީންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ޓީޗަރެއް ހުންނާނެ ކަމަށެވެ. އަދި އަފީފުއްދީން ސްކޫލުގެ ސެން ޓީޗަރުން މިއަހަރު ޑިސެމްބަރު ތެރޭގައި ގްރެޖުއޭޓްވާނެ ކަމަށް ނާސިހާ ވިދާޅުވި އެވެ.

އަފީފުއްދީން ސަރަހައްދުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ އެހީތެރިކަންވެސް މިކަމުގައި ވަރަށް ބޮޑަށް ލިބިގެންދާކަމަށާއި އަދި މެމްބަރު ނަޝީދާ އެކި ފަހަރު މަތިން ބެލެނިވެރިން ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް ނާސިހާ ވިދާޅުވި އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ފަށަނީ ސީދާ މެމްބަރު ނަޝީދުގެ އެހީތެރިކަމާއެކު އެވެ.

” ތަންކޮޅެއް ސިވިޔާ ވާ ދުވަސްކޮޅެއްވެސް އަންނާނެ މިފަދަކުދިންނަށް. އެކިފަހަރު އެކި ކުދިންނަށް ވަނީ އެކިގޮތް އެހެންވީމާ އެކުދިންނަށް ފަހި ގޮތަކީ ކޮބައިތޯ ބަލައި އެކުދިންނަށް ކޭޓާ ކުރާނީ” ނާސިހާ ވިދާޅުވި އެވެ.

މިހާރުވެސް އަފީފުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެސްކޫލުގައި ކިޔަވައިދޭން ކަމަށާއި ނަމަވެސް އަންނަ އަހަރުން ފެށިގެން ތަމްރީންވެފައިހުރި ސެން ޓީޗަރެއްގެ އެހީތެރިކަމާއެކު އޯޓިޒަމް ކުދިންނަށް ކިޔަވާދޭން ފަށާނެ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355