twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އިމާރާތްކުރާ ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އަޅައިފި

Nov 29, 2017

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީހުން ބިންގާ އަޅައިފި އެވެ.

މިއަދު މެންދުރުފަހު ހެޑް އޮފީސް އެޅުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ އެސްޓީއޯ ފިހާރަ ކުރިމަތީގައި އޮތް ހުސްބިމުގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކުރައްވާ އިބްރާހިމް ޝަރީފް ދެއްކެވި ވާހަކާގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭތެރޭގައި ތިއްބަވައިގެން، އެބޭފުޅެއްގެ ރަށުގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވުމުގެ ފުރުސަތު ހޯދަވައި ދެއްވުން ކަމަށާއި ކަސްޓަމްގެ އަމާޒަކީވެސް އެއީ ކަމަށެވެ. އެހެން ނަމަވެސް މިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މިކަމަށް އެކަށީގެން ވަސީލަތްތައް ނެތުން ކަން ފާހަގަކޮށް އިބްރާހިމް ޝަރީފް ވިދާޅުވީ ކަސްޓަމްގެ މަސައްކަތް ހަރުދަނާކުރުމަށާއި ކަސްޓަމް ރީޖަނަލް އޮފީހެއް ގާއިމްކުރުމަށް މި ސަރުކާރުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމިންއަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ–

ކަސްޓަމްސް ހެޑް އޮފީސް ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސް.ޖޭ ކޮންސްޓްރަކްޝަންގެ އެމްޑީ މުހައްމަދު ޝާހިދު ވިދާޅުވީ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށައި ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި މެޝިނަރީޒް ގެނެސް އަމަލީ މަސައްކަތް ފެށޭވަރު ވާނެކަމަށެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި އިމާރާތަކީ 4 ބުރީގެ އިމާރާތެކެވެ. އޮފީހަކާއި އެކޮމޮޑޭޝަންގެ އިތުރުން މިސަރަހައްދުގައި އެންފޯސްމެންޓްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ރީޖަނަލް ޓްރޭނިންގ ސެންޓަރ އެއްވެސް އިމާރާތުގައި ގާއިމްކުރެވިގެންދާނެއެވެ.

ކުޅުދުއްފުށީ ކަސްޓަމްސް އިމާރާތް–

4 ބުރިއަށް އިމާރާތްކުރެވޭ މި އިމާރާތުގައި އޮފީހަކާއި އެކޮމޮޑޭޝަން ހިމެނޭއިރު، އެސަރަހައްދުގައި އެންފޯސްމެންޓްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ރީޖަނަލް ޓްރޭނިންގ ސެންޓަރ އެއްވެސް އިމާރާތުގައި ޤާއިމްކުރެވިގެންދާނެއެވެ. ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މަސައްކަތަށް ކަނޑައެޅިފައިވަނީ 13.4 މިލިއަން ރުފިޔާއެވެ.

ތިލަދުންމަތީގައި ކަސްޓަމްގެ ހިދުމަތް ފެށިގެން އައީ 1997 ވަނަ އަހަރު ހއ އުލިގަމުގަ އެވެ. އެއަށްފަހު ކުޅުދުއްފުށީގައި ސަރަހައްދީ ބަނދަރެއް ގާއިމް ކުރެވި ކުޅުދުއްފުށީގައި ކަސްޓަމްގެ ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355