twitterviber whatsapp telegramfacebookyoutube instagram
18th February 2026

ހަނިމާދޫގައި އިމާރާތްކުރި ކަސްޓަމްސްގެ އާ އޮފީސް މިއަދު ހުޅުވައިފި

Nov 29, 2017

ހދ. ހަނިމާދޫގައި އިމާރާތްކުރި ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މި އިމާރާތް ހުޅުއްވާދެއްވީ މިއަދު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ހަނިމާދޫ ހިމެނޭ ސަރަހައްދުގައި ޤާއިމްކުރާ އިގްތިޞާދީ ސިނާޔަތްތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަސްޓަމްސް އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަށް ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫގައި އަލަށް ޤާއިމްކުރި އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރާނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ކަމަށާއި، އިމާރާތާ އިންވެގެން ލިބިފައިވާ ބިމުގައި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ޤާއިމުކުރުމަށްކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިކަމުގެ ސަބަބުން އުތުރުގެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ރިސޯޓްތަކަށް މި ވެއަރ ހައުސްތަކުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

7.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މިއިމާރާތަކީ 2014 ވަނަ އަހަރު އިމާރާތް ކުރަން ފެށި އިމާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355