twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހދ އަތޮޅުން 3 ރަށަކާއި 2 ފަޅެއް ފަތުރުވެރިކަމަށް ދޫކުރަނީ

Nov 29, 2017

ހދ. އަތޮޅުގެ ތިން ފަޅު ރަށަކާއި ދެ ފަޅެއްގައި ޓޫރިޒަމް ތަރައްގީކުރަން ނިންމައި، ލިސްޓުގައި ހިމަނައިފި އެވެ.

އެގޮތުން މި ލިސްޓްގައި ހިމަނާފައިވަނީ ކުޑަފަރުފަސްގަނޑާއި ކުޑަ މުރައިދޫ އަދި ކޭލަކުނެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްއިން ބޭއްވި އެ ޕާޓީގެ 6 ވަނަ ޖަލްސާ “އުދުހޭ” ގައި ވާހަކަ ދައްކަވަމުން ވެސް ރައީސް ވަނީ ކުޅުދުއްފުށީ ސަރަހައްދުގައި އޮތް ބޮޑު ދެ ފަޅެއް ތަރައްގީކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއީ ކޮން ދެ ފަޅެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށިން ލޯންޗެއްގައި ފުރައިގެން މިނިޓުން ދެވޭހާ ވަރު ކައިރީގައި ބިޔަ ދެ ފަޅު އެބައޮތްކަމަށާއި އެ ދެ ފަޅުގައި ޒޫރިޒަމް ތަރައްގީކުރުމަށް ގެޒެޓްކުރައްވާނެކަމަށާއި ޓޫރިޒަމް މިނިސްޓަރާއެކު އެފަޅުތަކަށް ގޮސް އެއާ ބެހޭ މައުލޫމާތު ހޯއްދަވާފައިވާކަމަށެވެ.

އެގޮތުން އެއް ފަޅަކީ 780 ހެކްޓަރުގެ ބޮޑު ފަޅެއްކަމަށާއި އަނެއް ފަޅުގައި 1000 ހެކްޓަރަށްވުރެ ބޮޑުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެގޮތުން މިމަޝްރޫއުއަކީ 200 މިލިޔަން ރުފިޔާގެ ޕްރިޖެކްޓެއްކަމަށާއި މިކަމުން ފަތުރުވެރިކަން ތަރައްގީކޮށްގެން ހަތަރު ހާހެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވި އެވެ

މީގެ އިތުރުން ވިޔަފާރީގެ ބޭނުމަކަށް އަންނަ އަހަރު ބޮޑު 20 ފަޅު ހިއްކަން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ރިސޯޓް ހެދުމަށް ރަށްތައް ބިޑް ނުކޮށް 14 ރަށަކާއި ދެ ފަޅެއްގައި ޓޫރިޒަމަށް މީގެ ކުރިން ހުޅުވާލާފައިވެ އެވެ. އަދި މީގެ ތެރެއިން ބައެއް ފަޅުތަކުގައި މިހާރު ދަނީ ޓޫރިޒަމް ފައްކާ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355