twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިލަންދޫ ސިއްހީ މަރުކަޒަށް އެންމެ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވަނީ މިސަރުކާރުން !

Nov 30, 2017

ށ މިލަންދޫ ސިއްހީ މަރުކަޒުގެ ހަޔާތުގައި އެންމެ ބޮޑު ކުރިއެރުންތަކެއް ގެނެސްދީފައިވާ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކަމަށް އެމަރުކަޒުން ބުނެފި އެވެ. ރައީސް ޔާމީން ސަރުކާރުން މިލަންދޫ ސިއްހީ މަރުކަޒަށް ގެނެސްފައިވާ ކުރިއެރުންތަށް ހާމަކޮށްފައިމިވަނީ އެރަށު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ސިޔާމް ރާއްޖޭގެ މީޑީއާއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

ޝިޔާމް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އެރަށު ސިއްހީ މަރުކަޒަކީ މާބަނޑު މީހުން ވިއްސޭނެ އިންތިޒާމް ހަމަޖެހިފައިވާ ނުވާ ތަނެއް ކަމަށާއި އެހެންނަމަވެސް، އަދި ގައިނީ ޑޮކްޓަރަކު ގެންގޮސްފައިހުރުމުން މާބަނޑު މީހުން ވިހެއުމުގެ ދަތުރަށް މިހާރު އާސަންދަ ނުލިބޭކަމަށެވެ. ސިޔާމްގެ ވާހަކަތަށް ދޮގުކޮށް މިލަންދޫ ސިއްހީ މަރުކަޒުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ގެންނަވާ އިންގިލާބީ ބޮޑު ބަދަލުތަކުގައި އެމަރުކަޒަށްވެސް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ލެބޯޓްރީ އަޕްގްރޭޑްކޮށް، އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތްވެސް ލިބެމުންދާ ކަމަށެވެ. އަދި އިމާރާތަށް ބޮޑު ބައެއް އިތުރުކޮށްދީ، އެންމެ ފަހުގެ ޕެރަމެޑިކް އެންބިއުލާންސް އަދި ހިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމެންޓްސްގެ އިތުރުން ރީއެޖެންޓް ފަސޭހަ ކަމާއެކު ސަރުކާރުންވަނީ ފޯރުކޮށްދެއްވާފައިކަމަށް އެމަރުކަޒުން ބުނެފައިވެ އެވެ. އަދި އެމަރުކަޒުން ސްޕަރ ސްޕެޝަލިސްޓުންގެ ހިދުމަތްވެސް ސަރުކާރުން ފޯރުކޮށްދޭކަމަށާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ކައިރި މުސްތަގުބަލެއް ލިބޭނެ ކަމަށް ނޫސް ބަޔާނުގަ ބުނެފައިވެ އެވެ.

މަރުކަޒުން ނޯމަލް ޑެލިވަރީގެ ހިދުމަތް މިސަރުކާރުން ގާއިމްކޮށްދެއްވާފައިވާ ކަމަށާއި އެމަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށް ދެމުން ގެންދަވާ 1 ވަނަ ދަރަޖައިގެ ސިއްހީ މަރުކަޒެއް ނަމަވެސް 3 ވަނަ ދަރަޖައިގެ ހޮސްޕިޓަލަކުން ލިބޭ ހިދުމަތްތަށް ދަނީ ގާއިމުކުރެވި ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށް މިލަންދޫ ސިއްހީ މަރުކަޒުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިލަންދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާބަނޑު މީހުން މޮނީޓަރކޮށް ބަލަމުންދާ ކަމަށާއި ހައިރިސްކުގެ މާބަނޑު މީހުން ޑޮކްޓަރުގެ ލަފާގެ މަތިން ށ. އަތޮޅު ހޮސްޕިޓަލް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ނުވަތަ އައިޖީއެމްއެޖް އަށް އާސަންދައިގެ ދަށުން މިހާރުވެސް ރިފަރ ކުރާ ކަމަށެވެ.

އެގޮތުން އާސަންދައިން ހަމަޖައްސާފައިވާ އުސޫލުން ހިދުމަތް ފޯރުކޮށްދެމުންދާ މި މަރުކަޒަކީ އާސަންދައިގެ ތަފާސް ހިސާބުތަކުން ބަލާއިރުވެސް ށ.އަތޮޅުން އާސަންދައިގެ ދަށުން އެންމެ ގިނަ ރައްޔިތުންނަށް އެމަންޖެންސީގައި ހިދުމަތް ފޯރުކޮށްދީފައިވާ މަރުކަޒު ކަމަށް ނޫސްބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355