twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޭލަކުނު ޓޫރިޒަމަށް ހުޅުވާލުމުން ތިމާވެށީގެ ޖަމިއްޔާއަކުން ކަންބޮޑުވެއްޖެ

Nov 30, 2017

ފަތުރުވެރިކަމުގެ މަސައްކަތަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިއްޔެ އިތުރުކުރި ރަށްތަކުގެ ތެރޭގައި ކަނޑޫފާ ބޮޑު ކޭލަކުނު ހިމެނުމުގެ ސަބަބުން ތިމާވެށީގެ ޖަމިއްޔާ އިކޯ ކެއާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިކޯ ކެއާ ޑިރެކްޓަރު އެޑުވަކަސީ މައީދު މުހައްމަދު ޒާހިރު “މިހާރު” ނޫހަށް ވިދާޅުވިގޮތުގައި ގުދުރަތީ އެފަދަ ހާއްސަކަމެއް ލިބިފައިވާ މަދު ރަށްތަކެއް ރާއްޖޭގައި އޮތް އިރު އެ ރަށްރަށް ހިމާޔަތްކުރަން ޖެހޭ ކަމަށާއި ތިމާވެށީގެ ތަފާތު ދިރާސާތައް ކުރުމަށް އެފަދަ ރަށްރަށް ބާއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އެފަދަ ރަށްރަށް ތަރައްގީ ކުރުމަށް ހުޅުވާލާއިރު ތިމާވެއްޓާ ބެހޭ ފަރާތްތަކާ މަޝްވަރާނުކުރާތީ ކަންބޮޑުވާ ކަމަށާއި ތިމާވެއްޓާ ރަހުމަތްތެރި ގޮތެއް ކަމަށް ބުނެ ރަށްރަށް ތަރައްގީ ކުރާއިރު ވެސް ތިމާވެއްޓަށް ގެއްލުންތައް ލިބެމުންދާ ކަމަށްވެސް އިކޯ ކެއާގެ ޑިރެކްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އެހެން ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް މޯލްޑިވްސްއިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެއް ކަމަށެވެ. އޭގެ އިތުރުން 80.23 ހެކްޓަރު ބޮޑު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނޭ ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން އެރަށް ހިއްކުމުގެ ރަސްމިއްޔާތަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ހދ. އަތޮޅުގައި ބޮޑެތި ފަޅުރަށްތަކާއި ފަޅުތައް އެބަހުރި ކަމަށާއި އެތަންތަން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ހުޅުވާލާނެ ކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމަށް މި އަތޮޅުން ފަސް ސަރަހައްދެއް ކަނޑައަޅާފައިވީ ނަމަވެސް ހދ. އަތޮޅުގައި ޓުއަރިމްގެ އެއްވެސް ރިސޯޓެއް މިހާތަނަށް ހުޅުވައިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355