twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކައުންސިލްގެ ރައީސަކަށް ޖަމްޝީދު އަދި ނައިބު ރައީސަކަށް ފާރޫޤް އިންތިހާބުކޮށްފި

Feb 26, 2011

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު މުޅި ރާއްޖޭގައި ފެށިގެން ކުރިއަށް އެބަދެއެވެ. އެގޮތުން ކުޅުދުއްފުށީގައި ވެސް ކުޅުދުއްފުށީ ކައުންސިލަށް ހޮވިފައިވާ މެމްބަރުންގެ ހުވާކުރުން އޮތީ މިއަދު ހެނދުނު އަފީފުއްދީން ސްކޫލުގައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބޭއްވުނު ބައްދަލުވުމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ހޮވިފައިވަނީ ޖަމްޝީދު މުހައްމަދު އެވެ. އެމްޑީޕީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކޮށްފައިވަނީ ހަމައެކަނި ޖަމްޝީދު މުހައްމަދު ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ ރަށު ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވެފައިވަނީ ފާރޫގް މުހައްމަދު އެވެ. ފާރޫގް މުހައްމަދާއި އެކު ނައިބު ރައީސްކަމަށް ވާދަކޮށްފައިވާ ރަމީޒަށް 03 ވޯޓް ލިބުނު އިރު ފާރޫގް މުހައްމަދު ނައިބު ރައީސަކަށް ހޮވިފައިވަނީ 04 ވޯޓު ލިބިގެންނެވެ.

ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރު ނެރެފައިވާތީ، ހދ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އަދި އެއްވެސް މީހަކު އިންތިހާބުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ވަގުތީ ރައީސަކަށް ހޮވިފައިވަނީ ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާއިން އިންތިހާބު ކޮށްފައިވާ ޢަލީ ނިފާޒު މުހައްމަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355