ހިކެން މަސައްކަތް ކުރާ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަބަދު ބަނޑުހައިވެ ކާހިތްވެފައި ހުރުމެވެ. ހިކުމަށް ކުރާ މަސައްކަތް ނުވަތަ ޑައެޓް ކުރުމަށް ދިމާވާ އެންމެބޮޑު ހުރަހަކީ މިއީ ކަމަށް ގިނަ ބަޔަކުދެކެއެވެ.
އެހެން ނަމަވެސް މިއީ ހައްލު ނެތް މައްސަލައެއް ނޫނެވެ. ޑައެޓް ކުރާ ދުވަސްވަރު މި ބުއިންތައް ބޭނުން ކުރާނަމަ ބަނޑު ހިންދާލުމުގައި އަދި ކެއުން ކޮންޓްރޯލް ކޮށްދިނުމުގައި ބޮޑު އެހީ އަކަށް ވެދެއެވެ.
ބަނޑު ހިންދުމަށް ބޭނުންވާ ބުއިން ތައްޔާރު ކުރާނެ ގޮތް:
– 3 ޖޯޑު ފެން (އައިސް ފެން)
– ކިއުކަންބާ ފޮތިފޮތިކޮށް ކޮށާފަ
– މިންޓް ފަތް
– ½ ފޮތި ލުނބޯ
– ½ ފޮތި އޮރެންޖް
ކިއުކަންބާ، މިންޓް ފަތް، ލުނބޯ އަދި އޮރެންޖް ފެނުގެ ތެރެއަށް އަޅާ އެއްކޮށްލުމުން ބުއިން އެ ހުރީ ތައްޔާރު ކުރެވިފައެވެ.
މި ބުއިންމުން ފައިދާ ކުރާގޮތަކަކީ މިންޓް ފަތަކީ ހަޖަމްކުރުމަށް ފަސޭހަކޮށް ބަނޑަށް ދިމާވާ އުނދަގޫތަކުން ދުރުކޮށްދޭ އެއްޗެކެވެ. އަދި ކިއުކަންބާގައި ގިނަ އަދަދަކަށް އެންޑި-އިންފްލެމެޓޮރީ ހިމެނޭތީ ކާހިތްވުން ކޮންޓްރޯލް ކޮށްދެއެވެ. އޮރެންޖް ބޭނުން ކުރުމުގެ ސަބަބުން އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. އަދި ލުނބޯއިން ޑައިޖެސްްޓިވް ސިސްޓަމް ސާފުކުރުމަށް އެހީވެދިނުމަށް ސިޓްރިކް އެސިޓް ސާފުކޮށްދެއެވެ.
ކެއުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބުއިން ތައްޔާރުކުރާނެ ގޮތް:
– 3 ޖޯޑު ފެން (އައިސް ފެން)
– މިންޓް ފަތް
– 1 ސްޓޯބެރީ ފޮތިކޮށް ކޮށާފަ
– ½ ފޮތި ލުނބޯ
– ¼ މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ)
– ¼ ފޮތި އާފަލު
މިހުރިހާ ތަކެތި ފެނުގެ ތެރެއަށް އެއްކޮށްލުމުން ބުއިން ތައްޔާރު ކުރެވުނީ އެވެ.
މި ބުއިމުން ލިބޭ ފައިދާއަކީ މިންޓް ފަތުން ހަޖަމްކުރުމަށް ފަސޭހަކޮށް ބަނޑަށް ދިމާވާ އުނދަގޫތަކުން ދުރުކޮށްދެއެވެ. އަދި ސްޓޯބެރީން ކެންސަރަށް މަގުފަހިވުން ދުރުކޮށްދެއެވެ. ލުނބޯއިން ހަޖަމްކުމުގެ ނިޒާމަށް ދިމާވާ އުދަނގޫތަކުން ދުރުކޮށް ހަޖަމްކުރުަމަށް ފަސޭހަކޮށްދެއެވެ. އަދި ފޮނިތޮށިން ލޭގައި ހަކުރު ހިމެނޭވަރު ދަށްކޮށްދީ ފޮނި އެއްޗެހި ކާހިތްވުން ކޮންޓްރޯލް ކޮށްދީ ކެލޮރީަސް ދަށްކޮށްދެއެވެ.