ކުޅުދުއްފުށިން ފުރައިގެން ބ. ތުޅާދޫއަށް ދަތުރު ލޯންޗެއް ފަރަށް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.
ފަރަށް އަރާފައިވަނީ “ސީ އެކްސްޓްރީމް” ނަމަކަށް ކިޔާ ލޯންޗެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އެމްއެންޑީއެފް ބުނީ ލޯންޗު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:10 ހާއިރު ކަމަށެވެ. ލޯންޗު އަރާފައިވަނީ ބ އަތޮޅު “ފަރެސް” ނަމަކަށް ކިޔާ ފަރަކަށެވެ.
އެމްއެންޑިއެފް ބުނީ އެ ލޯންޗު ފަރަށް އެރުމުން ބަނޑު ފިލާ ފަޅައިގެން ދިޔަވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ލޯންޗުގައި ޖުމްލަ 6 މީހުން ތިބިކަމަށާއި އޭގެ ތެރޭގައި 1 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށެވެ.