twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްކޭން އަދި ކުޑަކުދިންގެ ޑޮކްޓަރު ނެތުމުން ވިހެމުގެ ކަންތައްތަކަށް ބުރޫއަރައިފި

Dec 9, 2017

ކުޅުދުއްފުށީ ހޮސްޕިޓަލްގައި މި ވަގުތު ސްކޭން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރަކު ނެތުމުގެ ސަބަބުން ވިހެއުމުގެ ކަންކަން ހުއްޓިފައިވާ ކަމަށް އެޑްމިޓްވެފައި ތިބި މާބަނޑު މީހުން ބުނެފި އެވެ.

ވިހެމަށް ތައްޔާރުވެގެން މިއަދު އެޑްމިޓްވުމަށް ދިޔަ ބައެއް މާބަނޑު މީހުން ބުނީ ސްކޭން ޑޮކްޓަރު ނެތުމުގެ ސަބަބުން ސްކޭން ނުކުރެވި ލަސްވަމުން ދާކަމަށާއި ވިހެއުމަށްފަހު ނުވަތަ ސިޒޭރިއަން ހެދުމަށް ފަހު ކުޑައްކުޖާގެ ހާލަތު ބަލާނެ ކުޑަކުދިންގެ ޑޮކްޓަރެއް ވެސް ނެތް ކަމަށެވެ.

ބަލިމީހާ އެއްބަސްނަމަ ގައިނީ ޑޮކްޓަރު ހުންނެވީ ވިއްސަން ނުވަތަ ސިޒޭރިއަން ހަދަން ކަމަށާއި ނަމަވެސް ކުއްޖާގެ ހާލަތު ސްކޭންކޮށްގެން ބެލެން ނެތުމުން އެކަމާއި އާއިލާތަކުން ވަނީ ދެކޮޅު ހަދާފަ އެވެ.

މީގެ އިތުރުން އިއްޔެ އެޑްމިޓް ކޮށްފައި ތިބި ބައެއް ބަލި މީހުން ޑިސްޗާޖް ކުރުމަށްފަހު ޑިސްޗާޖް ފޯމުގައި ސޮއި ކުރާނެ ޑޮކްޓަރަކު ނެތުމުގެ ސަބަބުން ގެއަށް ނުދެވި ގިނައިރުތަކެއް ވަންދެން ހޮސްޕިޓަލުގައި މަޑުކުރަން ޖެހުނެވެ. އަދި ރަސްމީ ގަޑީގައި ފިޔަވާ އެހެން ގަޑިތަކުގައި އޯޕީޑީގައި ޑޮކްޓަރަކު ނީންނަ ކަމުގެ ޝަކުވާވެސް ދަނީ ގިނަ ބަޔަކު ކުރަމުންނެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ މިވަގުތު ޑޮކްޓަރުންގެ ދަތިކަން ދިމާވެގެން އުޅެނީ ޑޮކްޓަރުން ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި ކުރިން ތިއްބެވި ބައެއް ޑޮކްޓަރުން އެގްރިމެންޓް އާ ކުރުމުގެ ކުރިން މިނިސްޓްރީން ދޭން ޓެސްޓުން ފާސްނުވުމުން ހަތަރު ޑޮކްޓަރުން ފޮނުވާލާފައިވާތީ ކަމަށެވެ.

ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ: އުސެއިދު

އުސެއިދު ވިދާޅުވީ، ޑޮކްޓަރުން ނުގެނެވި މިމައްސަލަތަށް ދިމާމިވީ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓުން މިކަމަށް ދެއްވަން ޖެހޭ އަހަމިއްޔަތު އެކަށީގެންވާ ވަރަށް ނުދެއްވަ މިކަމަށް އަޅާނުލެއްވުމުގެ ސަބަބުންކަމަށާއި ފައިސާގެ ދަތިތަކެއް ދިމާވެފައިވަނީ ހަމައެކަނި އާސަންދައިންގެ ތެރެއިން ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ ނޫން ކަމަށާއި ޓައިމްލައިނާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރެވެމުން ނުދަނީ އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އަހަމިއްޔަތު ދެމުން ނުގެންދާތީކަމަށެވެ.

މިހާރު ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހައްލު ވާނީ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑުން އެކަންކަން ހައްލުކުރުމުން ކަމަށެވެ. ދަތިތައް ހައްލުކުރާނެ ކަމަށް އެ ފަންޑުން ބުނެފައިވާކަން ވެސް އުސައިދު ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355