twitterviber whatsapp telegramfacebookyoutube instagram
25th April 2024

މީރާގެ “މިއޮތީ ރަސީދު” ކެމްޕޭންގެ ނޮވެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި

Dec 10, 2017

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ “މިއޮތީ ރަސީދު” ކެމްޕޭނަށް ނޮވެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި އެވެ.

“މިއޮތީ ރަސީދު” ކެމްޕޭނަށް ނޮވެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮއްދެއްވީ މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފްއެވެ.

މި ގޮތުން ނޮވެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީ ޢަލީ ހަބީބުއެވެ. އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީ މުޙައްމަދު އިބްރާހިމްއެވެ.

5 ސެޕްޓެންބަރު އިން ފެށިގެން 28 ފެބުރުވަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000 (ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ކެމްޕޭންގައި މިހާތަނަށް 37،306 ރަސީދު މީރާ އަށް ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355