twitterviber whatsapp telegramfacebookyoutube instagram
30th October 2025

އެމްއެންޔޫ އިން ކުރިއަށް ގެންދާ ކޯސްތަކުގެ ފީ އަންނަ އަަހަރުން ފެށިގެން ބޮޑު ކުރަނީ

Dec 11, 2017

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީއިން އަންނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކޯސްތަކުގެ ފީ އަގުބޮޑު ކުރުމަސް ނިންމައިފި އެވެ.

އެގޮތުން 2018 ވަނަ އަހަރު ކޯސްތަކަށް ފީ ދެއްކުމަށް ހަތަރު ބޭންޑެއް އެމްއެންޔޫ އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފުރަތަމަ ބޭންޑްގައި ހިމެނެނީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއެވެ. ދެވަނަ ބޭންޑްގައި ހިމަނާފައިވަނީ ސޯޝަލް ސްޓަޑީޒް، ހިޔުމަނިޓީޒް، ޕޮރިން ލޭންގްއޭޖްސް، ސައިކޮލިޖީ، އެލައިޑް ހެލްތާއި އިސްލާމިކް ސްޓަޑީޒްގެ އިތުރުން ބޯޓު ދަތުރުމުގެ ދާއިރާތަކެވެ.

ތިންވަނަ ބޭންޑްގައި ހިމަނާފައިވަނީ ހޮސްޕިޓެލިޓީ، އައި.ޓީ، އެންޖިނިއަރިންގް، އެންވަޔަރަމަންޓް ގެ ކޯސްތަކެވެ. ބޭންޑް ހަތަރެއްގައި ހިމެނެނީ ބިޒްނަސް ދާއިރާގެ އިތުރުން ޝަރުއީ ދާއިރާގެ ކޯސްތަކެވެ.

ކޯހަށް މިހާރު ދައްކަން ޖެހޭ ފީގެ އަދަދު އެނގޭނީ، ކޯހުގައި ކިޔަވާނެ ހުރިހާ މޮޑިއުލެއްގެ އަދަދު އެކޯހުގެ ކްރެޑިޓް ޕޮއިންޓްތަކާއި އެއްކުރުމުން އަންނަ އަދަދު، މިހާރު އެމްއެންޔޫ އިން ކަނޑައަޅާފައިވާ ރޭޓުން ގުނަ ކުރުމުންނެވެ.

ކްރެޑިޓް ޕޮއިންޓް ނުހިމެނޭނަމަ، ކޯސް ހިމެނޭ ބޭންޑްގެ ކްރެޑިޓް ޕޮއިންޓް ފީގެ އަދަދު 120 އާ ގުނަކުރުމުން އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހޭ ވަރު ސާފުވާނެއެވެ.

ޔުނިވަރސިޓީގެ ހިންގުމުގެ ހަރަދުގެ ބައެއް ހޯދުމަށްޓަކައި، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ކޯސްތަކަށް ފީ ނެގުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު ހުއްދަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355