twitterviber whatsapp telegramfacebookyoutube instagram
23rd July 2025

ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ލަންކާގެ މަސްބޯޓު އުލިގަމަށް ގެންގޮސްފި

Dec 12, 2017

ރާއްޖެއިން ފެނުނު ސްރީލަންކާގެ މަސްބޯޓު މިއަދު ހެނދުނު ހއ އުލިހަމަށް ގެންގޮސްފި އެވެ.

އިއްޔެގެ ވަގުތެއްގައި މި ބޯޓު ފެނުނީ ތޫފާން “އޯރޗީ” ގައި ހާލުގައި ޖެހުނު މަސްބޯޓުތައް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށެވެ.

ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ލަންކާގެ މަސްބޯޓު– ފޮޓޯ އެމްއެންޑީއެފް

އަދި މި ބޯޓަކީ ތޫފާން “އޯރޗީ” ގައި ސްރީލަންކާއި ގެއްލިގެން ހޯދަމުންދާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެއް ކަމުގައިވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ލަންކާގެ މަސްބޯޓު– ފޮޓޯ އެމްއެންޑީއެފް

މި މަސްބޯޓަކީ ރަޝަނީ ނަމަކަށް ކިޔާ ބޯޓެއްކަމަށާއި ފެނުނު އިރު ބޯޓުގައި 7 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެެ. މި މި ހަތް މީހުންގެ ހާލު ރަނގަޅު ކަމަށާއި އެ ބޯޓުގައި ބޯފެން ނެތުމުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއިން ވަނީ އެ ބޯޓަށް ފެން ލިބޭނެގޮތް ހަމަޖައްސައިދީ އިތުރު އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި މަސް ބޯޓު ފެނިފައިވަނީ ހއ.ތުރާކުނުގެ 62 ނޯޓިކަލް މޭލު ބޭރުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355