twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހެލްތު މިނިސްޓްރީން ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ފޮނުވަނީ

Dec 13, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޑޮކްޓަރުންގެ ދަތިކަން ހައްލު ކުުރުމުގެ ގޮތުން ހެލްތް މިިނިސްޓްރީގެ ފަރާތުން އިތުރު ޑޮކްޓަރުން ފޮނުވުމަށް ނިންމައިފި އެވެ.

“އަވަސް” އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު މާހިރު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި މެޑިކަލް އޮފިސަރުން މަދުވެ ދަތިވެފައިވާތީ އެކަން ހައްލުކުރުމަށް މިނިސްޓްރީން މެޑިކަލް އޮފިސަރުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެއިތުރުން މިވަގުތު ހޮސްޕިޓަލްގައި ގަޔޮނަކޯލިޖިސްޓެއް ނެތުމުން އެކަން ހައްލުކުރަން ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާހިރު ވިދާޅުވީ ޗުއްޓީގައި ހުންނެވި ކުޑަކުދިންގެ ޑޮކްޓަރު މިއަދުން ފެށިގެން ޑިއުޓީއަށް ނުކުންނާނެ ކަމަށާއި ގަޔޮނަކޯލިޖިސްޓެއް ހަމަޖެހުމުން ވިހެމުގެ ކަންކަމަށް ދިމާވި ދަތިކަން ހައްލުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ކުންފުނިން އެއްބަސްވުމުގައި ޝެޑިއުލާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދާކަން ފާހަގަވެފައިވާ ކަމަށާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާނަމަ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މާހިރު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.

މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއެއްގައި ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ ޓައިމްލައިނާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރެވެމުން ނުދަނީ އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އަހަމިއްޔަތު ދެމުން ނުގެންދާތީކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރުމުގައި އިންޑިއާގެ މައި ކުންފުނީގެ ޒިންމާ އަދާއެއް ނުކުރޭ !

އަދި ޑޮކްޓަރުންގެ ދަތިތަކެއްވެސް ކުރިމަތިވެގެން މިއުޅެނީ އެފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާތީކަމަށް އުސެއިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355