twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެލްޓީއީ ބްރޯޑްބޭންޑް އާ ޕެކޭޖްތަކަކާއެކު ދިރާގުން މިއަދު ތައާރަފުކޮށްފި

Dec 13, 2017

ހަލުވިސްޕީޑްގެ އިންޓަނެޓް ލިބޭ ދިރާގުގެ އެލްޓީއީ ބްރޯޑްބޭންޑް އާ ޕެކޭޖްތަކަކާއެކު ދިރާގުން މިއަދު ފުޅާކޮށްނެރެފިއެވެ.

މި ހިދުމަތަކީ ލޯންގް ޓާމް އިވޮލޫޝަން ނުވަތަ އެލްޓީއީގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިން ސެޓަޕް ފުރިހަމަ ކޮށް އަދި އެކްޓިވޭޓް ކޮށްފައިވާ ރައުޓަރއެއް މެދުވެރިކޮށް ދެވޭ ހިދުމަތެކެވެ. މި ހިދުމަތް މިނެޓެއް ތެރޭގައިވެސް ކަރަންޓަށް ގުޅައި ފަސޭހަކަމާއެކު ހަލުވި ސްޕީޑްގެ އިންޓަނެޓް ބޭނުންކުރަން ފެށޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއަލަށް ތައާރަފްކުރި ޕެކޭޖްގެ ތެރެއިން 12 މަސް ދުވަހުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކަށް އެލްޓީއީ ހޯމް ބްރޯޑްބޭންޑްގެ ރައުޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި އެހެނިހެން ކޮންޓްރެކްތްގައި އުޅޭ ފަރާތްތަކަށް ރައުޓަރ ފަސޭހައިން ބައްލަވައިގަނެވޭނެ އިންތިޒާމް ދިރާގުން ހަމަޖައްސާފައިވެއެވެ.

އެލްޓީއީ ބްރޯޑްބޭންޑް މީގެ ދޮޅު އަހަރެއް ކުރިން ދިރާގުންވަނީ އަތޮޅުތަކަށް ތައާރަފްކޮށް ނެރެފައެވެ. މިއަދު، ފުޅާކޮށް މި ނެރުނު ޕެކެޖް ތަކުގެ ސަބަބުން ދަތުރު މަތީގަ އުޅޭ ބޭފުޅުންނާއި ވަގުތީ ކޮށް ތަންތަނުގައި ދިރިއުޅޭ ބޭފުޅުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ތާކުންވެސް އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

ދިރާގުން ބުނި ގޮތުގައި ހޯމް ބްރޯޑްބޭންޑާއެކު މާކެޓުގައި އެންމެ އަގުހެޔޮ ރޭޓުތަކުގައި އެލްޓީއީ ބްރޯޑްބޭންޑްގެ ހިދުމަތާއެކު 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ ތަފާތު 4 ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ބްރޯޑްބޭންޑް އެލްޓީއީ ސްޓާޓަރ ގައި 25ޖީބީ (499 ރުފިޔާ)، އެލްޓީއީ ބޭސިކް 50ޖީބީ (699 ރުފިޔާ)، އެލްޓީއީ ޕްލަސް 100ޖީބީ (999 ރުފިޔާ)، އަދި އެލްޓީއީ ޕްރިމިއަމް 160 ޖީބީ (1499 ރުފިޔާ) އެވެ.

ދިރާގުން ބުނި ގޮތުގައި ޕެކޭޖުގެ މުއްދަތުގެ ތެރޭގައި، ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް، އެއްވެސް އިތުރު ޗާޖަކާއި ނުލާ، ދަށް ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ބޭނުންކުރެވޭނެއެވެ ނުވަތަ 5 ޖީބީ އާއި 10 ޖީބީގެ އެޑް އޮން ބޫސްޓަރ އެއްވެސް ނެގޭނެއެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355