twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް

Dec 14, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ޑޮކްޓަރުން މަދުވެ، ބައެއް ގަޑިތަކުގައި ޑޮކްޓަރުންގެ ހިދުމަތް ނުލިބި ފެންވަރު ދަށް ވުމުގެ ޝަކުވާ ބޮޑުވެފައިވަނީ އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އަހަމިއްޔަތު ދެމުން ނުގެންދާތީކަމަށް އެކުންފުންޏާއެކު ޖޮއިންޓް ވެންޗާ ހަދާފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވަނީ ވިދާޅުވެފައި އެވެ. އަދި އާސަންދައިން ލިބެން ޖެހޭ ފައިސާ އާއި އިންޑިޔާގެ މައި ކުންފުނީގެ ފަރާތުން ލިބެން ޖެހޭ ފައިސާ ނުލިބުމުން ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އުސެއިދު ވަނީ މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވެފަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު މާހިރު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމާ ގުޅޭގޮތުން ނޫރުލް އިސްލާމްއާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް ހުރިހާ މަސައްކަތްތަކެއް ކުރިއަށް ނުދާކަން މިނިސްޓްރީއަށްވެސް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން އެގްރީމެންޓުގައި ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ޑޮކްޓަރުން ހޯދުމާއި، ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށް އެކުންފުނިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރަމުން ނުދާކަމަށް މާހިރު ވިދާޅުވިއެވެ. މާހިރު ވިދާޅުވީ މިމައްސަލަ ދިމާވީ ނޫރުލް އިސްލާމާއި އެމީހުންގެ ދިވެހި ކޮންޓްރެކްޓަރާ ދެމެދު އުފެދިގެންއުޅޭ ޚިޔާލު ތަފާތުވުން ތަކެއްގެ ސަބަބުންކަމަށާއި އެމައްސަލަ ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ.

އެންމެ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ މިހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމައަށް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދޭތޯ ހެލްތު މިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށާއި އެގޮތުން ހޮސްޕިޓަލަށް ދިމާވެފައިވާ މެޑިކަލް އޮފިސަރުން މަދުވުމުގެ މައްސަލައާއި، އެހެނިހެން ބައެއް ހިދުމަތްތައް ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށްވެސް މާހިރު ވިދާޅުވި އެވެ.

ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ: އުސެއިދު

ފާއިތުވި ދެ ހަފްތާ ތެރޭގައި ސްކޭން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރެއް ހޮސްޕިޓަލުގެ ނެތުމުން ވިހަން ދިޔަ މީހުންނަށް ނުވި ދަތިތަކާ ކުރިމަތިވެ، ބައެއް މީހުން ވަނީ ކައިރި އަތޮޅުތަކަށް ވިހަން ފޮނުވާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355