twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތަށް ދިނުމަށް މިނިސްޓްރީން ހަވާލުވެއްޖެ

Dec 14, 2017

ގިނަ މައްސަލަތަކެއް ކުރިމަތިވެ، ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބައެއް ހިދުމަތްތަކާއި ހެލްތް މިނިސްޓްރީ ހަވާލުވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަމުންދަނީ އިންޑިއާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް އާއި ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލުންނެވެ. އެ ކުންފުންޏަށް ފައިސާގެ ދަތިތަކެއް ކުރިމަތިވެ، ހިދުމަތް ދިނުމަށް ބުރޫތަކެއް ވަނީ އަރާފަ އެވެ. އަދި ދެ ކުންފުނި ދެމެދުގައި ހިޔާލު ތަފާތުވުން ތަކެއް ކުރިމަތިވެ،މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު މާހިރު ކޭއޯއަށް ވިދާޅުވީ މި ވަގުތަށް ބައެއް ހިދުމަތްތައް ދިނުމަށް ހެލްތް މިނިސްޓްރީން ހަވާލުވެފައިވާ ކަމަށެވެ. އެކަން ހަމަޖައްސާފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ހެލްތް ސާވިސަސްގެ އޮފީހާ ހަވާލުކޮށްގެންނެވެ. ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިނިސްޓްރީން އެފީހަށް އަންގާފައިވާނެކަމަށް މާހިރު ވިދާޅުވި އެވެ.

މާހިރު ވިދާޅުވީ ބަޔަކާ ހަވާލުކޮށްފައި ހުއްޓަސް ހިދުމަތަށް މެދުކެނޑެއް ސަރުކާރުން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ހދ އަތޮޅު ހެލްތް ސާވިސް މެދުވެރިކޮށް ވަގުތީ އިންތިޒާމެއް ދަށުން މިނިސްޓްރީން ޑޮކްޓަރުން ފޮނުވަމުންދާނެ ކަމަށެވެ. އެ ޑޮކްޓަރުން ފައިސާގެ ކަންކަން ހަމަޖައްސާނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރުންގެ އަދަދު މަދުވެފައިވާތީ މިއަދު ހެލްތް މިނިސްޓްރީން ދެ މެޑިކަލް އޮފިސަރުން އެ ހޮސްޕިޓަލަށް ފޮނުވާފައިވާނެ ކަމަށްށާއި އިތުރު މެޑިކަލް އޮފިސަރުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ މާހިރު ވިދާޅުވި އެވެ.

މާހިރު ވިދާޅުވި ގޮތުގައި މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޖުމްލަ ފަސް މެޑިކަލް އޮފިސަރުން ތިބޭނެ އެވެ. މިވަގުތު އެންމެ ގައިނީއެއް ހުރުމުން އިތުރު ގައިނީ އެއް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި ރޭޑިއޮލޮޖިސްޓެއް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355