twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބާރުގަދަ ގުގުރިއަކާއެކު ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި، ގެއްލުންތަކެއް ވެއްޖެ

Dec 15, 2017

މިއަދު އިރުއޮއްސި މަގްރިބް ނަމާދު ވަގުތު ޖެހި ބާރުގަދަ ގުގުރިއަކާއެކު ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި، ގެއްލުންތަކެއް ވެއްޖެ އެެވެ.

މިހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުޅުދުއްފުށީ ހުކުރު މިސްކިތްތަށެވެ. ގުގުރީގެ ބާރުގަދަ އަޑުފަށްގަޑާއެކު މިސްކިތުން ކަރަންޓް ކެނޑި އެތަނުގެ ކަރަންޓް މައި ވިއުގަ ވަނީ އެއްކޮށް ހަލާކުވެފަ އެެވެ.

މިއަދު ޖެހި ބާރުގަދަ ގުގުރީގައި ހުކުރު މިސްކިތްތަށް ގެއްލުންވެފައި–

ގުގުރި ޖެހި ވަގުތަކީ މަޤްރިބް ނަމާދު ވަގުތުކަމުން ގިނަ ބަޔަކު މިސްކިތުގައި އެވަގުތު ތިއްބެވެ. މިސްކިތުގައި ހުރި މީހަކު ކޭއޯއަށް ކިޔައިދެމުން ބުނީ ގުގުރި ޖެހި ވަގުތު ބާރުގަދަ އަޑުފަށްގަނޑާއެކު މިސްކިތް ތެރެ ސިއްސުވާލިކަމަށާއި އަދި އެވަގުތު މީހުންގެ މޫނުތަކުން ބިރުވެރިކަން އަސަރު ފެނިގެން ދިޔަކަށެވެ. އަދި އެވަގުތު ކުރެވުނީ ވަރަށް އާދަޔާ ހިލާފު އިހްސާސެއް ކަމަށް އޭނާ ބުންޏެވެ.

މިއަދު ޖެހި ބާރުގަދަ ގުގުރީގައި ހުކުރު މިސްކިތްތަށް ގެއްލުންވެފައި–

އޭނާ ބުނީ އެވަގުތު މިސްކިތުގެ ފުރަތަމަ ސަފުގައި ހުރި ބައެއް ސްޓޭޑިންގ ފޭންތަކުގެ ފިޔަތަށް ފުޑުފުޑުވެގެން ބުރައިގެންދިޔައިރު ލައިޓްތަށް ފުޑުފުޑު ވެގެން ފޭބި ކަމަށެވެ. މިހާދިސާގައި މިސްކިތުގެ މުދިމު މޫނުގައި ފަންކާއެއްގެ ފިޔައިން ޖެހި ވަނީ ޒަހަމްވެފައި އެވެ. ނަމަވެސް ޒަހަމްވެފައިވަނީ ކިހާ ވަރަކަށް ކަމެއް އަދި ވަނީ ސާފުނުވެފައި އެވެ.

މިއަދު ޖެހި ބާރުގަދަ ގުގުރީގައި ހުކުރު މިސްކިތްތަށް ގެއްލުންވެފައި–

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ މިއަދު މަޤްރިބް ނަމާދު ވަގުތު ޖެހި ބާރުގަދަ ގުގުރިއާއެކު ހުކުރު މިސްކިތްތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ފަންކާތަކުގެ ފިޔަތަށް ފުޑު ވިފައިވާއިރު މިސްކިތުގެ ލައިޓްތަކާއި ކަރަންޓް ސޮކެޓްތައްވެސް ވަނީ އެއްކޮށްހެން އަނދައިގެން ގޮސްފައި ކަމަށެވެ. އަދި ބައެއް ތަންތަނުން މުށިތަށްވެސް ނައްޓައިގެން ގޮސްފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ބޮޑަށް ބެލެވެނީ ހޮނުއެޅީ ކަމަށްކަމަށާއި އެހެންނަމަވެސް ހޮނު އަޅާފައި ހުރި ތަނެއް ފެނިފައިވާ ނުވާ ކަމަށެވެ.

މިހާދިސާގައި ބައެއް ގޭގެ ޓީވީތަށްވެސް ހަލާކުވެފައިވާއިރު އިލެކްޓޯނިކްސް އެހެން ބައެއް ވަސީލަތްތަށްވެސް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް ގެއްލުންވެފައިވާ ގެތަކުގެ އަދަދެއް ސާފުއެއް ނުވި އެވެ. އަދި ކޭބަލް ޗޮއިސް އެންޑް ޕްލަސް އިން ދެމުން ގެންދާ ކޭބަލް ޓީވީގެ ހިދުމަތްވެސް ވަނީ މެދުކެނޑިފަ އެވެ. އެތަނުގެ އޮފިސަލަކު ބުނީ ގެއްލުންވި ވަރެއް އަދި ސާފުނުވާ ކަމަށާއި ނަމަވެސް ކޭބަލް ޓީވީގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށެވެ.

ހަވީރު ފަހެއް ޖެހި ފަހުން ކުޅުދުއްފުއްޓަށް ވަނީ ވިއްސާރަކޮށް ވަރަށް ވަރުގަދައަށް ވިދާ، ގުގުރިއާއެކު ވަނީ ވާރޭ ވެހިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355