twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޮޅިވަރަމްގައި މަހަށް ނިކުމެ އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

Dec 15, 2017

ހދ. ނޮޅިވަރަމްގައި މަހަށް ނިކުމެ އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވީ އުމުރުން 21 އަހަރުގެ ހިތަށްފިނިވާގޭ އަހުމަދު މުހައްމަދު އެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު 5:00 ހާއިރު ނޮޅިވަރަމް ކައިރިން މަހަށް ގޮސް އުޅުން ދޯންޏަކުން ޒުވާނަކު ގެނބުމުން އެ ސަރަހައްދުން ދިޔަ ކޯސްޓުގާޑު ލޯންޗެއްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އަދި އެ ޒުވާނާ ގެނބިފައި ވަނީ އެން ހިފަން މޫދަށް ފައިބައިގެން އުޅެނިކޮށް ކަމަށް އެ ދޯނީގައި ތިބި މީހުންނާ ހަވާލާދީ އާޒިމް ވިދާޅުވި އެވެ.

އޭނާ މަރުވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށްކަމަށް އެހޮސްޕިޓަލުގެ އޮފިސަލަކު ވަނީ ވިދާޅުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355