twitterviber whatsapp telegramfacebookyoutube instagram
13th March 2026

ކަޅުސައި ބުއިމުން ކޮލެސްޓްރޯލް ދަށްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ

Jan 10, 2018

ކަޅުސަޔަކީ ކެއުމުގެ ގިނަ ގަޑިތަކުގެ ދިވެހިން އާންމުކޮށް ބޭނުން ކުރާ ބުއިމެކެވެ. ފަހަރުގައި އެއިން ލިބޭ ފައިދާ ނޭގުނު ކަމަށްވެސް ރަހަ މީރު ބުއިމެއްކަމުން މިއީ ދިވެހިންގެ މެދުގައި މަގުބޫލްވެސް ބުއިމެކެވެ.

ކަޅުސަޔަކީ އެއިން ގިނަ ފައިދާތަކެއް ލިބިދޭ ބުއިމެކެވެ. އަހަރެމެންގެ ހަށިގަނޑަށް ބޭނުވާ މާއްދާތަކުގެ އިތުރުން އެކި ބަލިތަކުންވެސް ދުރުކޮށްދޭ ބުއިމެއްވެސް މެއެވެ.

އެގޮތުން ކަޅުސައިން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. އަދި ހާޓް އެޓޭކް ޖެހުމުން ވެސް ދުރުކޮށްދެއެވެ.

މީގެ އިތުރުން ޑައެޓް ކުރާ ފަރާތްތަކަށްވެސް ކަޅު ސަޔަކީ ވަރަށް ފައިދާ ހުރި ބުއިމެކެވެ. އެގޮތުން ކަޅުސައި ބޭނުން ކުރާއިރު ހަކުރުގެ ބަދަލުގައި މާމުތް ބޭނުން ކުރުމުން ބަރުދަން ލުއިކުރަންވެސް ރަނގަޅު ބުއިމެއް ފަސޭހައިން ތައްޔާރު ކުރެވުނީއެވެ. ކަޅުސަޔަކީ އޭގައި މަދުން ކެލޮރީސް ހިމެނޭ ބާވަތެކެެވެ.

މީގެ އިތުރުން ކެންސަރު، އަދި ލޭ ދައުރު ކުރުމަށް ދިމާވާ މައްސަލަ ތަކުންވެސް ދުރުކޮށްދިނުމަށް މި ބުއިން އެހީވެދެއެވެ. ކަޅުސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓް އިން މި މައްސަލަތައް ހައްލު ކުރުމަށް އެހީވެދެއެވެ. އަދި ސައިގައި ހިމެނޭ ޓީއެފް 2 އިން ކެންސަރު ސެލްސްތައް ނައްތާލުމަށް އެހީވެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355