twitterviber whatsapp telegramfacebookyoutube instagram
29th March 2024

“ބެޔަސް ނުބެޔަސް” ގެ ސްކީމްގެ ވާހަކަ މަސްވެރިން ނުދައްކާ: ޝައިނީ

Dec 17, 2017

“ބެޔަސް ނުބެޔަސް” މަސްވެރިންނަށް މަހަކު 10،000 ރުފިޔާ ދޭ ގޮތަށް 2014 އަހަރު ސަރުކާރުން ފެށި މަޝްއޫރުގެ ވާހަކަ މަސްވެރިން ނުދައްކާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ މަސްވެރިންނާއި އޮޑިވެރިންނާއެކު ދެ ގަޑިއިރު ވާހަކަ ދެއްކެވި އިރު ވެސް، “އެއްވެސް މީހެއްގެ އަނގަޔަކުން ބެޔަސް ނުބެޔަސްގެ ވާހަކަ” ނާންނަ ކަމަށާއި ސަރުކާރުން ވައުދުވި އެ ފައިސާ ނުލިބުމަށް ވުރެ މަސްވެރިކަމާ ގުޅުން ހުރި އެހެން ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

އެގޮތުން މަހުގެ އަގު ދަށްވުމާއި މަސް ކިރުވުމަށް ގިނަ ވަގުތު ކިޔޫގައި ހޭދަ ކުރަން ޖެހުމާއި ވަކި މޫސުމަކަށް މަސްވެރިކަން ރަނގަޅުވުމުން، މަހުގެ އަގު ނުލިބޭ މައްސަލަ، މަސްވެރިން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިން ބޭނުން ވަނީ އެ މައްސަލަތަކަށް ސަރުކާރުން ހައްލެއް ހޯދައިދިނުން ކަމަށާއި މިގޮތުން މި ސަރުކާރުގެ އެއް އަމާޒަކީ މަސްވެރިން ފަސޭހަ އިން އައިސް ހޯދުމަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސް ޕްލާންޓް ހެދުން ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް އެ އަމާޒަށް ވާސިލްވެ، ކޮންމެ އަތޮޅަކުން ވެސް އައިސް ގަންނަން ލިިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކަންނެލި ދޯނިތަކުގައި އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުރެވުނު މަސައްކަތްތަކުގެ ދަށުން އައިސްލޭންޑުގެ އާ އުފެއްދުމެއް ކަމުގައިވާ ނެނޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސް ފިނިކުރުމުގެ ޓެސްޓުތައް ފަށާފައިވާ ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.

“ބެޔަސް ނުބެޔަސް” އަކީ މަސްވެރިކަން ދަށް ދުވަސްވަރު، މަސްވެރިންނަށް އާމްދަނީ ހޯދައިދިނުމަށް، ރުފިޔާ ދޭ ގޮތަށް 2014 އަހަރު ސަރުކާރުން ފެށި މަޝްރޫއެކެވެ.

ޝައިނީ ވިދާޅުވީ ސްކީމާ ދޭތެރޭ މަސްވެރިންގެ ޝަކުވާއެއް ނެތް އިރު އެކަމާ ކަންބޮޑުވަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން ބޭނުން ކުރާ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

“ބެޔަސް ނުބެޔަސް” ސްކީމް އާއި އެއްގޮތަށް އެ ފައިސާ ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ފާޑު ކިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355