twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މަސްދޯނި ފަހަރުގައި އައިސް ޕްލާންޓް ބަހައްޓަން ލޯނު ދޫކުރަން ފަށަނީ

Dec 17, 2017

މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސް ދޯނިފަހަރުގައި އައިސް ޕްލާންޓް ބެހެއްޓުމަށް ލޯނުގެ ފުރުސަތަށް އަންނަ ހަފްތާގަ ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ދޯނި ފަހަރުގައި އައިސްޕްލާންޓް ބެހެއްޓުމުގެ ދެ ނިޒާމެއް ޓެސްޓް ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން އެއް ނިޒާމަކީ ނެނޯ ޓެކޮނޮލޮޖީގެ އެހީގައި މަސްފިނިކުމުގެ ނިޒާމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް އައިސްލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މިފްކޯއިން މިހާރުވެސް 12 އައިސްޕްލާންޓްގެ ބަހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެމަަސައްކަތް އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންގެ އެހެނިހެން ކަންބޮޑުވުންތައް ހައްލުކޮށް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތަކުގައި “ބެޔަސް ނުބެޔަސް 10،000 ރުފިޔާ” ނުހިމެނޭ ކަމަށާއި އެކަމަކީ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ޝައިނީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355