ސައިކަލަކުންއަނިޔާވެގެން ނޮޅީވަރަމުން މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ފަރުވާ ނުދެވިގެން ދިއްދޫއަށް ފޮނުވާލައިފި އެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސައިކަލަކުން ވެއްޓި އަތަށް ތަދުވެގެން ނޮޅިވަރަމުން ގެނައި އުމުރުން 25 އަހަރުގެ އަންހެނަަކަށް ފަރުވާ ނުދެވިގެން ހއ ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރަކު ނެތުމުގެ ސަބަބުންނެވެ.
އަންހެން މީހާގެ އާއިލާއިން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުން އެކްސްރޭ ނެގުމަށްފަހު ފުރަަތަމަ ބުނީ އަތް ވަނީ ބިނދިފައި ވާކަމަށެވެ. އަދި ފަހުން އަތް ހުޅުން ނެއްޓިފައިވާ ކަމަށް އާއިލާގާތު ބުނި ކަމަށާއި އިތުރު ފަރުވާއަށް ދިއްދޫ ހޮސްޕިޓަލަށް ދިއުމަށް އެންގިކަމަށެވެ.
ދިއްދޫ ހޮސްޕިޓަލަށް ދެއްކުމުން ބުނީ ކަށިގަނޑުގައި ވަނީ ރެނދު ލާފައި ކަމަށާ އަދި މިހާރު އޮތީ ޕްލާސްޓަރު އަޅާ އޮބްސަވޭޝަންގައި ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އަދި ދިއްދޫ ހޮސްޕިޓަލަށް އައިއިރު ކުޅުދުއްފުށީ ހޮސްޕިޓަލުން ޕޭޝަންޓަކު ދިއްދޫއަށް ފޮނުވާކަންވެސް އަންގާފައި ނުވާކަމަށް އެ އާއިލާއިން މައުލޫމާތު ދެއެވެ.
މިމަހުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު އަންހެނަކުވެސް ވަނީ ކުޑަކުދިންގެ ޑޮކްޓަރެއް ނެތްކަމަށް ބުނެ ދިއްދޫއަށް ފޮނުވާލާފަ އެވެ.