twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިހަވަންދޫގެ ގިނަ އަދަދެއްގެ ޒުވާނުންތަކެއް ޕީޕީއެމްއާ ގުޅިއްޖެ

Dec 18, 2017

ހއ އިހަވަންދޫގެ ގިނަ އަދަދެއް ބަޔަކު ވެރިކަން ކުރާ ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އަށް ސޮއިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓްރީޓެއްގައި ވިދާޅުވެފައިވަނީ އިހަވަންދޫއިން 80 އަށްވުރެ ގިނަ މީހުން ޕީޕީއެމް ސޮއިކޮށް، ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

More than 80 people from Ihavandhoo, including MDP’s activist and campaign manager Shad joins PPM and handed over the applications to submit to PPM. Congratulations and Thank U. A response to MDP’s Counsellors, who disrespected them. pic.twitter.com/b6irnAGwHt

— Mohamed Shainee (@mshainee) December 17, 2017

ޕީޕީއެމްއަށް ސޮއިކުރި މީހުންގެ ތެރޭގައި އެރަށުގައި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ޝާހިދު(ޝާޑް) ވެސް ހިމެނޭކަމަށް ޝައިނީގެ ޓްރީޓްގައި ލިޔުންވާފައިވެ އެވެ. މިނިސްޓަރ ޝައިނީ ވަނީ އިހަވަންދޫއިން ޕީޕީއެމްއާ ގުޅުން ފަރާތްތަކާއެކު ނަގާފައިވާ ޕޮޓޯތަކެއްވެސް ޝެއާކުރައްވާފަ އެވެ.

އިހަވަންދޫއިން ޕީޕީއެމްއަށް ސޮއިކުރި މީހުންގެ ފޯމްތަށް މިނިސްޓަރު ޝައިނިއާ ހަވާލުކުރަނީ–

މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަށް މިއަހަރު ކުރިއަށްގެންގޮސްފައިވަނީ އިހަވަންދޫގައި އެވެ. މަސްވެރިންގެ ދުވަހުގެ ޖަލްސާ މިދިޔަ ހޮނިހިރުދުވަހުގެ ރޭ ބާއްވާފައިވާއިރު އެޖަލްސާ ކުރިއަށްދިޔަ ވަގުތު އެސަރަހައްދުގައި ވަނީ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް، މަސްވެރިންނަށް ވައުދުވެފައިވާ ކަންތައްތަށް ސަރުކާރުން ފުއްދަވަމުން ނުގެންދަވާކަމަށް ބުނެ އަޑުއުފުލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355