twitterviber whatsapp telegramfacebookyoutube instagram
27th July 2026

ސްޕީކަރުން ލަވަ އަޑުއެހުމަށް ދެން ބުލޫޓޫތުން ގުޅާކަށް ނުޖެހޭނެ

Dec 19, 2017

ކުދި ސްޕީކަރ ނުވަތަ ހަބް އަކީ ދިވެހިންގެ ތެރޭގައިވެސް ނަން މަޝްހޫރު އެއްޗެކެވެ. އާންމު ގޮތެއްގައި ލަވައާއި ހަބް ގުޅާލެވެނީ ޕެންޑްރައިވް އަކުން ނުވަތަ ބުލޫޓޫތް މެދުވެރިކޮށެވެ.

އަދި މީހުންގިނަ ތަނެއްގައި ބުލޫޓޫތް މެދުވެރިކޮށް ސްޕީކަރަކުން ލަވަޖަހާއިރު އެންމެން ހިތްހަމަޖެހޭފަދަ ލަވައެއް ނުޖެހޭނެއެވެ. އެގޮތުން ލަވަ ޖަހަނިކޮށް އެހެން މީހަކު ބުލޫޓޫތުން ކަނެކްޓްކޮށް ލަވަ ބަދަލުކުރުމަކީވެސް މިހާރު އެހާ އުނދަކޫ ކަމެއް ނޫނެވެ.

ނަމަވެސް މިހާރު ޓެކްނޮލޮޖީ ކުރިއަރަމުންގޮސް ހަބް މިވަނީ ލަންޗް ބޮކްސް ސްޕީކާއަށް ބަދަލުވެފައި އެވެ. މި ލަންޗް ބޮކްސް ސްޕީކާއަކީ ވަޔާލެސް ކޮށް ބޭނުންކޮށްލެވޭ ގެންގުޅެން ފަސޭހަ ސްޕީކަރެކެވެ. އެގޮތުން އެހެން ސްޕީކަރުތަކާއި ހިލާފަށް ލަވަޖަހާފައި މިސްޕީކަރު މަތީގައި ފޯން ބާއްވާލުމުން ސްޕީކަރާއި ލަވަ ކަނެކްޓްވެއެވެ. އޭގެ އިތުރުން ލަވަ ކުޅެވެމުންދާއިރު އެއްވެސް ފުލަގަކާއި ނުލައި މި ސްޕީކަރުގެ އެހީގައި ފޯނު ޗާޖުވެސް ކޮށްލެވޭނެއެވެ.

އަދި ޕަވާ ބޭކްއެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ މި ސްޕީކަރަކީ ކޮންމެ ކަހަލަ ފޯނަކާއިވެސް ކަނެކްޓްކޮށްލަން ފަސޭހަ އެއްޗެކެވެ.

އޭގެ އިތުރުން 4000 މިލިއަންޕް އަވާސްއާއި ހަމައަށް ބެޓެރީ ހިފަހައްޓާލެވޭ މި ސްޕީކަރ އަންނަ އަހަރުގެ މާރޗް މަހުން ފެށިގެން ލިބެންހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355