twitterviber whatsapp telegramfacebookyoutube instagram
18th September 2026

ގޫގުލްއިން އިން އިޝްތިހާރުތައް ބްލޮކް ކުރަނީ

Dec 20, 2017

އަންނަ އަހަރު ގޫގުލްއިން ވަންނަ އެބްސައިޓް ތަކުގައި ހުންނަ ގޫގުލް ބޭނުން ކުރާ ފަރާތްތަކުން ހިތްހަމަ ނުޖެހޭ ފަދަ އިސްތިހާރުތައް ބްލޮކް ކުރާނެ ކަމަށް ބުނެފި އެވެ.

މި އަހަރު ކުރީކޮޅު މިކަން އިއުލާނު ކުރިކަމުގައި ވިއަސް އެޑްތައް ބްލޮކް ކުރަން ފަށާނީ އަންނަ އަހަރު ފެބްރުއަރީ މަހު 18 އިން ފެށިގެނެވެ. އެގޮތުން މީހުން ހިތްހަމަނުޖެހޭ އަދި ރުޅިއަންނަފަދަ އިސްތިހާރުތައް ބްލޮކް ކުރާނެ ކަމަށް ގޫގުލްއިން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން ބައެއް ވެބްސައިޓްތަކުގައި ހިމެނޭ އެ އިޝްތިހާރެއްގެ ސަބަބުން މާ ބޮޑު ފައިދާއެއް ނުކުރާ އިސްތިހާރުތައްވެސް ބްލޮކް ކުރާނެކަމަށް ގޫގުލްއިން ބުނެއެވެ.

ގޫގުލްގައި ހިމެނޭ ހުރިހާ އިޝްތިހާރު ބްލޮކް ނުކުރާނެ ކަމަށާއި މީގެ ބަދަލުގައި އިސްތިހާރުތައް ޕަބްލިޝް ކުރުމުގައި ވަކި ސްޓޭންޑާޑެއް ގެންގުޅޭނެ ކަމަށާއި އެކަމަށްޓަކައި މިހާރުވެސް މަސައްކަތް ކުރެވެމުންދާ ކަަމަށް ގޫގުލްއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293