twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުލަ ޖައްސާފޮތަކީ ބޮޑެތި މީހުންގެ ސްޓްރެސް ފިލުވާލަދޭ އެއްޗެއް!

Dec 20, 2017

ބިޒީ އަދި ވަރުބަލި ދުވަހަކަށްފަހު އެންމެންވެސް ހިޔާރުކުރަނީ އޮންތާލާ ނިދާލުމަށެވެ. އަދި އެކަމުގެ ސަބަބުން ވަރުބަލިކަން ފިލި ނަމަވެސް ވިސްނަންޖެހޭ ކަންތަކާއި ވިސްނުންތަކުން ދުރުވާން އުނދަގުލެވެ.

ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި އަވަދިނެތި މަސައްކަތުގައި އުޅުމަށްފަހު ކުލަޖައްސާފޮތެއްގައި ކުލަޖެއްސުމަށް ވަގުތުކޮޅެއް ހޭދަކޮށްލާނަމަ އެކި ވިސްނުންތަކާއި ދުރުވެ ސިކުނޑިއަށް ފަސޭހަކަމެއް ލިބިގެންދާ ކަމަށެވެ.

އެސިސްޓެންޑް ޕްރޮފެސާ އެޓް ޑްރެސެލް ޔުނިވާސިޓީގެ ގިރިޖާ ކައިމަލް ހެދި މިދިރާސާގައި ވަނީ 19 އަހަރާއި 67 އަހަރުގެ މީހުން ބޭނުންކޮށްފަ އެވެ. އަދި 40 މިނެޓަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ވަނީ އާދައިގެ ކުލަ ބޭނުންކޮށްގެން ފޮތެއްގައި ކުލަޖެއްސުމަށާއި އާޓް ތެރަޕިސްޓެއްގެ އެހީގައި ކުލަޖެއްސުމަށް އެދިފައެވެ.

އެގޮތުން އެއްބަޔަކު ތަނެއްގައި އެކަނި އިނދެގެން ކުލަޖެއްސުމަށް ބުނެފައިވާއިރު އަނެއްބަޔަކު އާރޓް ތެރަޕިސްޓާއިއެކު ކުރިއަށްގެންދިޔަ މަސައްކަތުގައިވެސް އެމީހަކު އަމިއްލައަށް ކުރެހުމެއް ކުރަހައެވެ. އަދި ތެރަޕިސްޓްގެ އެހީއަށް އެދިފިނަމަ ކިޔައިދެއެވެ.

ނަތީޖާއެއްގެ ގޮތުން އެކަނި އިނގެދެން ކުލަޖެއްސުމުން 14 ޕަސެންޓްގެ ސްޓްރެސް ފިލަވާލަދެއެވެ. އަދި އާޓް ތެރަޕިސްޓެއްގެ އެހީގައި ކުލަޖެއްސުމުން 10 ޕަސެންޓްގެ ސްޓްރެސް ފިލުވާލަދެއެވެ. އޭގެ އިތުރުން ނުރަނގަޅު ވިސްނުންތަކާއި ދުރުކޮށް އުފެއްދުންތެރި ހިޔާލުތަށް އިތުރުކޮށްދިނުމަށްވެސް މިކަމުގެ ސަބަބުން އެހީވެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355