twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޮފީ ފޭސް މާސްކް ބޭނުން ކޮށްލަމާ

Dec 23, 2017

ކޮފީއަކީ އެންމެންނަށްވެސް އިނގޭ، ކޮންމެ ގެއެއްގައިވެސް ލިބެން ހުންނާނެ އެއްޗެކެވެ. އަދި ކޮފީ އަކީ އަނގަ މީރުކޮށްލުމުގެ އިތުރުން އޭގައި އެކުލެވޭ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންސްގެ ސަބަބުން ހަންގަނޑު ސާފުކޮށްދިނުމަށާއި ލޯކައިރި ފުއްޕިފައި ހުރުމުންވެސް ދުރުކޮށްދޭ އެއްޗެކެވެ.

ކޮފީ، އޯޓްމީލް އަދި ޔޯގަޓް ފޭސް މާސްކް

ކޮފީ އާއި އޯޓްމީލްގެ ސަބަބުން ހަންގަނޑު މަރުވެފައި ހުންނަ ހަމުގެ ސެލްސް ތައް ސާފުކޮށްދީ އައު ސެލްސްތައް އިތުރުކޮށްދެއެވެ. އަދި ޔޯގަޓްގެ ސަބަބުން ހަމުގެ އުޖާލާކަން އިތުރުކޮށްދެއެވެ. ކޮފީ އާއި އޯޓްމީލް އެއްކޮށް ރަނގަޅަށް ހިމުން ވަންދެން މުގުރާލާށެވެ. އެއަށްފަހު އޯގަޓް އެއްކޮށް މޫނާއި ކަރުގަ ފޭސްޓް ހާކާށެވެ. އަދި 30 މިނެޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.

ކޮފީ އަދި އޮލިވްއޮއިލް ފޭސް މާސްކް

މިއީ ހިކިފަ ކުރަކިވެފައި ހުންނަ މޫނުތަކަށް ހާއްސަ ފޭސް މާސްކް އެކެވެ. އެގޮތުން އޮލިވް އޮއިލް އަކީ ހަންގަނޑު މޮއިސްޓްރައިޒް ކޮށްދިނުމަށް އެހީވެދޭ އެންމެ ރަނގަޅު މާއްދާއެވެ. މޭޒުމަތީ ސަމުސާގެ ކޮފީ އާއި އޮލިވް އޮއިލް އަޅާ މިކްސް ކޮށްލާށެވެ. އަދި ކަރާއި މޫނުގައި ހާކާފައި 3 މިނެޓްފަހުން ދޮވެލާށެވެ.

ކޮފީ، އޯޓްމީލް އަދި މާމުއިތް ފޭސް މާސްކް

މިއީ ނާޒުކު ހަންގަނޑަކަށް އެންމެ ރަނގަޅު ފޭސް މާސްކް އެވެ. އެގޮތުން އޯޓްމީލްސް ހަންގަނޑު ސާގުކޮށްދީ ހިރުވުމުން ދުރުކޮށްދޭއިރު މާމުތަކީ ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާ އެކެވެ. މޭޒުމަތީ ސަމުސާ މުގުރި ކޮފީ އާއި މާމުއިތް އެއްކޮށްލުމަށްފަހު 2 މޭޒުމަތީ ސަމުސާ މުގުރި އޯޓްމީލް އަޅާ އެއްކޮށްލާށެވެ. އަދި މޫނުގައި ހާކައިފައި 20 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355