twitterviber whatsapp telegramfacebookyoutube instagram
31st October 2025

ޕިކަޕެއް ކޮންޓްރޯލް ނުކުރެވިގޮސް ހޮޅިދަނޑިއެއްގައި ޖެހިއްޖެ

Dec 24, 2017

ކުޅުދުއްފުށީގައި އަމީނީމަގުން ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުކުރެވިގޮސް ހޮޅިދަނޑިއެއްގައި ޖެހިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު އަމީނީމަގުން ދެކުނަށް ދުއްވާފައިދިޔަ ޕިކަޕެއް އަމީނީމަގު ޖާވައްތަގެ ކުރިމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެވެ.

އެވަގުތު ޕިކަޕު ދުއްވަން އިނީ 58 އަހަރުގެ ފިިރިހެނެކެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ޕިކަޕަށް ކޮންމެވެސް ވަރަށްކަށް ގެއްލުންވެފައިވާއިރު ހޮޅި ދަނޑިވެސްވަނީ ބިމުން ލުހިގެން ވެއްޓި ގެއްލުން ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355