twitterviber whatsapp telegramfacebookyoutube instagram
2nd July 2026

ގޮދަން ގަސްތަކަށް ދިމާވެފައިވާ ނުރައްކާތެރި ބައްޔަށް ފަރުވާ އެއް ހޯދައިފި

Dec 24, 2017

ސައިންސްވެރިން ބުނާގޮތުގައި މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުންކުރެވެމުންދާ ގޮދަނުގެ ބާވަތްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއްގެ ފަރުވާ ހޯދުމަށް ކުރާ މަސައްކަތުގައި އެމީހުންނަށް ވަނީ ކުރިއެރުމެއް ލިބިފައެވެ.

ގޮދަނުގެ ފަސްބައި އާންމު ކެއުމުގެ ތެރެއިން ބޭނުންކުރެވެއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަހިސާބުތަކުގައި “ސްޓެމް ރަސްޓް” ނަމަކަށް ކިޔާ ކޫޑިއެއްގެ ސަބަބުން ގިނަ ގޮދަން ދަނޑުތަކެއް ދަނީ ހަލާކުވަމުންނެވެ.

ޔޫ.ކޭ، ޔޫ.އެސް އަދި އޮސްޓްރޭލިއާގެ ރިސަރޗަރުން ވަނީ “ސްޓެމް ރަސްޓް” މި ކޫޑި އާއި ހަނގުރާމަ ކުރެވޭނެ ފަދަ ގާބިލްކަން ހުރިތޯ ބެލުމަށް ޖެނެޓިކް ހޯދުން ތަކެއް ހޯދާފައެވެ.

އެމީހުންގެ މި ހޯދުން ބިނާވެފައިވަނީ ގޮދަން ގަހުގެ ގުދުރަތީ ގޮތުން ލެވިފައިވާ ޑިފެންސް މެކޭނިޒަމް އާއި ގުޅުން ހުރި އިތުރު ޖީން އެއް އުފެއްދުމުގެ މަށްޗަށެވެ. އަދި މީގެ އިތުރުން ގޮދަން

ގަހުގެ އިމިއުން ސިސްޓަމް އަށް އެ ޖީން ގެ އެހީގައި ބަދަލުވެވޭފަދަ ދެވަނަ މަގެއް ހޯދުމަށެވެ.

ޖާނަލް ސައިންސް ގައި ބަޔާންވެފައިވާ ރިސާރޗް، ގޮދަން ގަސްތަކަށް ދިމާވެފައިވާ މި ނުރައްކާތެރި ކޫޑި އާއި ދެކޮޅަށް މަސައްކަތް ކުރާނެ ވަސީލަތްތަކެއް ހޯދައިދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355