twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކައިވެންޔަކާއި ނުލައި ބަލިވެ އިނުން، ވިސްނާލަންވެއްޖެ ހަގީގަތެއް!

Dec 26, 2017

ގިނަ ބަޔަކު ދައްކަން ބޭނުންނުވާ ވާހަކަ އަކަށް ވީނަމަވެސް، މިއީ ނުދައްކާ ތިބެވޭވަރުގެ ވާހަކަ އަކަށް މިއަދު މިވަނީ ނުވެފައެވެ. ކައިވެނީގެ ހަލާލު ގުޅުމާއެކު ބަލިވެ އިނުމާއި ހިލާފަށް ކައިވެންޔަކާއި ނުލާ ބަލިވެ އިނުމަކީ މިހާރު އާންމު ވެއްޖެ ކަމެކެވެ. ގިނަ ބަޔަކު އެކަންކަމާ އަޅާލާ ކަމަކަށްވެސް އަޅުގަނޑަކަށް އިހުސާސެއް ނުކުރެވެއެވެ. މިފަދަ ކަންކަން މިހާ އާންމު ވެފައި މިވަނީ ކީއްވެގެންބާއޭ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ.

ސެންޓާރ ފޯ ޑިޒީސް ކޮންޓްރޯލްއިން ބުނާ ގޮތުގައި މިގޮތައް މާބަނޑުވާ ކޮންމެ 5 ކުއްޖަކުން 4 ކުދިން ނުވަތަ %80 ކުދިން ބަލިވެ އިންނަނީ އެކުދިންނަށް ހެދޭ ގޯހެއްގެ ސަބަބުންނެވެ، ނުވަތަ ބަލިވެ އިންކަން ނޭންގިތިބެއެވެ. 2010 ވަނަ އަހަރު ޔޫ.އެސް ގެ އާބާދީގެ ތެރެއިން ފުރާވަރުގައި ބަލިވެތިބި ގިނަ ކުދިންގެ ތެރެއިން ވިހާފައިވަނީ %60 ކުދިންނެވެ. %15 ކުދިން ބައިގެންގޮސްފައި ވާއިރު، %30 ކުދިން ވަނީ އެބޯޓް ކޮއްލާފައެވެ. 2014 ވަނަ އަހަރު، އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދުގެ އަންހެން ކުދިން ވަނީ މުޅި ޖުމްލަ 249078 ކުދިން ވިހާފައެވެ. މުޅި ދުނިޔެއަށް ބަލާލާއިރު މިފަދަ ކުދިންގެ ރޭޓު އެންމެ ގިނައީ އިރު އުތުރުގެ ގައުމުތަކުގައެވެ. އަދި އެންމެ ދައްކަމަށް ފެންނަނީ އިރު ދެކުނުގެ ގައުމުތަކުގައެވެ.

ރާއްޖޭގައި މިފަދަ މައްސަލަތައް ދިމާވަނީ ގިނަފަހަރަށް ރައްޓެހިވެވޭ ކުއްޖާ “ބޯއީ ފްރެންޑް”، ނުވަތަ އާއިލާ ތެރޭ ދިމާވާ ހަމަނުޖެހުމެއްގެ ސަބަބުން ނުވަތަ ކުދިންނާ އާޅާލަންވާވަރަށް އަޅާނުލެވުމުގެ ސަބަބުންނެވެ. މިފަދަ މައަސަލަތައް އިތުރުވުމަކީ މުޖުތަމައުއެއްގެ ނާތަހުޒީބުކަން ރަމްޒުކޮއްދޭ ސިފައެކެވެ. ކަންކަމަށް އަހުލުވެރިވާންޖެހޭ މިންވަރަށް އަހުލުވެރި މީހުން މުޖުތަމައުގައި ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި މިކަމަށް އަހުލުވެރި ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުވުމުގެ މަސައްކަތްތަކެއްކޮށް ރާއްޖެ މިއަށް ވުރެ އިތުރަށް ތަހުޒީބީ ގައުމަކަށް ހެދުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ހަދަންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355