twitterviber whatsapp telegramfacebookyoutube instagram
25th May 2025

އެއްބަސްވުން ރޫޅާލައި ކުޅުދުއްފުށީ ހޮސްޕިޓާ ސަރުކާރަށް ރުޖޫއަކޮށްދިނުމަށް ނަޝީދު ގޮވާލައްވައިފި

Dec 26, 2017

މައްސަލަ ދިމާވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެއްބަސްވުން ވީހާ އަވަހަކަށް ރޫޅާލައި އިހު ހުރިގޮތަށް ހޮސްޕިޓާ ދިވެހި ސަރުކާރާ ރުޖޫއަށްކޮށްދިނުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މެމްބަރު ނަޝީދުގެ އަމިއްލަ ބުލޮގުގައި ލިޔުއްވާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ މައި ކުންފުނި، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓަކީ  އިންޑިޔާއިން ބޭރުގައި އިންވެސްޓްކޮށް، ވިޔަފާރިން ނަފާ ހޯދުމަށް އިންޑިޔާގެ ރިޒަވް ބޭންކް އޮފް އިންޑިޔާއިން ހޯދަން ޖެހޭ “އާރު.ބީ.އައި. އެޕްރޫވަލް” އޮތް ބައެއް ނޫން ކަމަށާއި އެ ޓްރަސްޓަކީ ނަފާ ހޯދުމަށް ނުވާގޮތަށް އިންޑިޔާގައި މަސައްކަތްކުރުމަށް ރަޖިސްޓްރީކޮށްފައިވާ “ޗެރިޓަބަލް ޓްރަސްޓް” ކަމަށެވެ.

އެހެން ކަމުން ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓަކީ ރާއްޖޭގައި ކުންފުންޏެއް އުފައްދައި ހޮސްޕިޓަލެއް ހިންގާ، އާމްދަނީ އާއި ނަފާ ހޯދުމަކީ ހުއްދަކަމެއް ނޫން ކަމަށާއި އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫންކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ. އަދި އެއީ ރާއްޖޭގައި ވިޔަފާރިކުރުމުގެ ގާނޫނީ ގާބިލުކަން އޮތް ބައެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމަށް ދިވެހި ސަރުކާރާއެކު ވެފައިއޮތް އެއްބަސްވުމުގައި، ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކެކެވެ. އެކަންކަން ކުރަން ހަމައެކަނި އެއްބަސްވީއެއް ނޫން ކަމަށާއި އެކަންކަމަކީ، މުއްދަތު ކަނޑައަޅައި، އެ މުއްދަތުތަކުގައި އެކަންކަން ކޮށް ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަންތަށްތަކެއް ކަމަށެވެ. މިހާތަނަށްވެސް އެ އެއްބަސްވުން މުހިންމު ކަންތައްތައް ހާސިލުކުރެވިފައިވާނުވާ ކަމަށެވެ.

200 އެއްހާ މުވައްޒަފުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާއިރު ކުންފުނީގެ ޕޭރޯލަށް ބަދަލުވުމުގައިވެސް މާކަގިނަކަންތައްތަކެއް ކުރެވިފައިނުވާއިރު 2018 ވަނަ އަަހަރުގެ ޖެނުއަރީ 10 ގެ ކުރިން މުވައްޒަފުން ކުންފުނީގެ ޕޭރޯލަށް ބަދަލުވުމުގެ ކަންތައްތަށް ނިންމަން ޖެހޭކަމަށް އެއްބަސްވުމުގައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

މިކަންކަން މިހެން ދިމާވުމުން، އެންމެ ރަނގަޅުގޮތަކަށްވާނީ، މި އެއްބަސްވުން ވީހާވެސް އަވަހަކަށް ރޫޅާލައި އުފެއްދި ގުޅުން ނިއުޅާލުން ކަމަށާއި އަދި، އިހުހުރިގޮތަށް ހޮސްޕިޓަލް ދިވެހި ސަރުކާރަށް ރުޖޫއަކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

މެމްބަރު ނަޝީދު ލިޔުއްވާފައިވަނީ އެއްބަސްވުން ބާތިލުކުރަންޖާއިޒު ސަބަބުތަކެއް ސަރުކާރަށް ލިބިގެންވީނަމަވެސް، އެކަން ކުރެވެންއޮތީ، ދިގު މަރުހަލާތަކެއް ކަޑައްތުކޮށްގެން، ގިނަ އިޖުރާއާތްތަކެއް ފުރިހަމަކޮށްގެންނެވެ. ފަހުން އުޅެންޖެހިދާނެ ޝަރުއީ މަރުހަލާތަކަކަށް ނުދިއުމުގެ ގޮތުންކަމަށެވެ..

އެހެންނަމަވެސް، ކުންފުނިން ބޭނުންކަމަށްވާނަމަ، ވަރަށް ފަސޭހައިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބޭނުންކުރެވިދާނެ މާއްދާއެއް އޮތްކަަމަށް ވިދާޅުވެ ނަޝީދު ލިޔުއްވާފައިވަނީ އެއްވެސް ސަބަބަކާ ނުލައި ނަމަވެސް، ހިންގަން ބޭނުންނުވެގެން ދޫކޮށްލުމަށް މަގުފަހިކުރާ މާއްދާއެކެވެ. އެ މާއްދާ ބޭނުންކުރައްވައިގެން، މި އެއްބަސްވުން ނިމުމަކަށް ގެނައުމަކީ، ކުރެއްވިދާނެ ކަމެކެވެ.

ނިމްސް ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރިކުރުމުގެ ގާނޫނީ ގާބިލުކަން އޮތް ބައެއް ނޫން: ނަޝީދު

ހޮސްޕިޓަލްގެ ހިންގުން ތިޔަ ކުންފުންޏާ އެއްބަސްވުމެއްގެ ދަށުން ހަވާލުވެފައި އޮއްވައި، ސަރުކާރުން އެތަނަށް ހިދުމަތް ދޭންޖެހުމަކީވެސް، ހަމަޖެހޭކަމެއް ނޫންކަމަށްވެސް ނަޝީދު ލިޔުއްވާފައިވެ އެވެ. އަދި މާގިނަ ދުވަހަކަށް ކުރެވޭނެ ކަމެއްވެސް ނޫންކަމަށާއި ތަން ހިންގަންވާނީ، ކޮންމެވެސް އެއް ފަރާތަކުންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355