twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކޭބަލް ހަލާކުވެގެން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަނީ

Dec 27, 2017

ކޭބަލް ހަލާކުވެގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީމަހު ފަށާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކަރަންޓް ކޭބަލުތަކަށް މައްސަލަ ޖެހި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް މައްސަލަ ދިމާވާއިރު ބައެއް ސަރަހައްދުތަކުގެ މަގު ލައިޓްތަށްވެސް ނުދިއްލި ހުންނަތާ މަސްތަކެއްވަނީ ވެފައިވެ އެވެ. ބައެއް ގޯތިތަކަށް މިމައްސަލަ ކުރިމަތިވެ ވަގުތީ ކަރަންޓްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

މިމައްސަލަ ހައްލުކުރުމަށް ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ ކޭބަލަށް މައްސަލަ ދިމާވެގެން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް ކޮންނަށް ޖެހޭ ސަރަހައްދުތަށް ކޮނުމުގެ މަސައްކަތް ޖެނުއަރީމަހު ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން އެފަދަ މަސައްކަތްތަށް ކުރަނީ ފެނަކައިން ވިޔަސް މިހާރު އެމަސައްކަތްތަށް ކުރަން ޖެހެނީ ކައުންސިލުން ކަމަށެވެ. ފެނަކައިން ކުރަނީ ހަމައެކަނި އެކަމުގެ ފަންނީ މަސައްކަތްތަށް ކަމަށް ލަތީފް ވިދާޅުވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ވަޅުލަން ޖެހޭ ކޭބަލް ހޯދުމަށް ބަޔަކާއި އެގްރިމެންޓްކުރެވިފައިވާނޭ ކަމަށެވެ. އެގޮތުން ޖެނުއަރީމަހު ކޭބަލްތައް ކައުންސިލަށް ލިބި މަސައްކަތް ފަށާގަނެވޭނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355