twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުށީ ހޮސްޕިޓާ މިހާލަތަށް ވެއްޓުނީ ފައިޒަލް ޙާންގެ ސަބަބުން: އުސެއިދު

Dec 27, 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެކި މައްސަލަތައް ހިއްސާކޮށް އެންއައިއައި ގެ އެމްޑީ ފައިޒަލް ޙާންއަށް ފޮނުވި ގިނަ މެއިލްތަކަކަށް ޖަވާބު ލިބިފައި ނުވާކަމަށާއި ގިނަ މަޝްވަރާތަކަށްވެސް ވަނީ ހުރަސް އަޅާފަ ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި އުސައިދު ވިދާޅުވީ ކޮންމެ ދުވަހެއްގެ ޑޮކިއުމެންޓްތައް ބަރާބަރަށް ހިއްސާކޮށް ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން ފައިޒަލްއާއި ހިއްސާކުރަމުން ގެންދިޔަ ކަމަށާއި އެހެން ނަމަވެސް ގިނަ މެއިލްތަކަށް އެއްވެސް ރައްދެއް ލިބިފައި ނުވާކަމަށެވެ.

” ޑޮކިއުމެންޓްސްތައް ބާރާބަރަށް ފައިޒަލް ޙާން އަށް އަންގަމުން ދިޔައީ މިވަނި ދުވަހަކަށް މިވަނި ކަމެއް ކުރަންޖެހޭ މިވެނި މިވެނި ކަންތައްތައް ކުރިއާލަ އެބަ ކުރަންޖެހޭ. އެކަމަކު ހަމަ ހިތާމައާއި އެކު ދަންނަވަން ޖެހޭނީ އަޅުގަނޑު ފޮނުވި ގިނަ މެސެޖްތަކަަށް އެއްވެސް ގޮތަކަށް ޖަވާބެއް ނުލިބޭ” އުސައިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެމްޑީ ފައިޒަލް ޙާން އަދި ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު–

މީގެ އިތުރުން އާސަންދައިގެ އުސޫލުތަކާއި ހިލާފަތް ކަންތައްތަކެއް ކުރެވެމުން ދިޔަކަމަށް ތުހުމަތު ކުރެވުމުން އެކަމާވެސް މަޝްވަރާކޮށް އެކަންކަން ބެލުމަށްވެސް ފައިޒަލްގެ ކިބައިން އެދުނިން ކަމަށާއި އެހެންނަމަވެސް އެކަމަށްވެސް ހުރަސް އަޅުއްވާފައިވާ ކަމަށް އުސައިދު ވިދާޅުވި އެވެ.

“އާސަންދައިހެން ހިދުމަތް ދިނުމުގައި އާސަންދައިގެ އުސޫލުތަކާއި ހިލާފަށް މިކަހަލަ ކަންތައްތަކެއް ކުރާކަމުގެ ތުހުމަތު އަޅުގަނޑާށް ކުރެވުނީމަކާ އެ ނުދެންނެވޭނެ ސާބިތެކޭ އިނގޭތޯ. ތުހުމަތު ކުރެވުނީމަ އެހިސާބުން އާޅުގަނޑު އެމްޑީ ފައިޒަލް ޙާންއާއި އެކަމަށާ މަޝްވަރާކޮށް އެކަން ބަލަން މަސައްކަތް ކުރިން. މަސައްކަތް ކުރެއްވީމަ ފައިޒަލް ޙާން އެކަމަށް ހުރަސް އެޅުއްވީ”

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާސަންދައަށް ބިލްކޮށްފައިވާ ބިލްތަކެއްގައި އޮޅުވާލުންތަކެއް އުޅޭކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ހޮސްޕިޓާ ހިންގާ މައި ކުންފުނި އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓާއި އެކުންފުންޏާއެކު ޖޮއިންޓް ވެންޗާ ހަދާފައިވާ ދިވެހި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަލްއާ ދެމެދު ހިޔާލު ތަފާތުވެ، ހިދުމަތްތަކަށް ބުރޫއަރާފައިވަނީ އިންޑިޔާގެ ކުންފުނިން ކުރަން އުޅުނު ހިޔާނާތުގެ މައްސަލަތަށް ހާމަކޮށް، އެކަމާ ދެކޮޅު ހެދުމުން ކަމަށް މީގެ ކުރިންވެސް އުސައިދު ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން މެޝިނަރީސް ތަކުގެ އިންވޮއިސްތަކުގައި މައްސަލަތަކެއް ދިމާވުމުން އެކަމާވެސް މަޝްވަރާކުރެއްވުމަށް ދެކޮޅު ހެއްދެވި ކަމަށާއި އަދި ހޮސްޕިޓާ ފެށިގެން އައިގޮތަށް އެއްވެސް ޓައިމް ލައިނެއް ހާސިލް ނުވެގެން މި ދިޔައީ އެފަރާތުން އެއްވެސް އެއްބާރުލުމެއް ނުދެއްވާ މަޝްވަރާތައް ކުރަން ހުރަސް އެޅުމުން ކަމަށް އުސައިދު ހާމަކުރެއްވި އެވެ.

“މެޝިނަރީސް ތަކުގެ އިންވޮއިސް އަޅުަގަނޑަށް ފާހަކަ ކުރެވުނީ ހަމަ ޑަބަލް ބޮޑުކަމަށް. އެކަން ބަލަން އަޅުގަނޑު ބުނީމަކާވެސް އެކަމަކާވެސް އެއްބާރުލުން ނުދެއްވާ އެކިފަހަރު އެކި ވާހަކަ ވިދާޅުވީ. ފެށިގެން އައިގޮތަށް އެއްވެސް ކަހަލަ ޓައިމްލައިނެއް ނެތް މީޓްވެފައެއް ހަގީގަތަކަށް ދަންނަވަންޏާ. ދޭތެރެ ދޭތެރެއިން ޑޮކްޓަރުން ކޮޅެއް އާދޭ ޑޮކްޓަރުން ކޮޅެއްދޭ. އަޅުގަނޑު ނުދެކެން އެއީ ޓައިމްލައިން މީޓް ވަނީ ކަމަކަށް” އުސައިދު ވިދާޅުވި އެވެ.

ނިމްސް ހިންގާ ކުންފުންޏާ ކުޅުދުއްފުށީ ހޮސްޕިޓާ ހަވާލުކުރަނީ–

މީގެ އިތުރުން ޑޮކްޓަރުންގެ ދަތިކަން ދިމާވުމުގެ މަހެއް ކުރިން އިތުރު ޑޮކްޓަރުން ފޮނުވުމަށްވެސް އެފަރާތުގައި އެދުނިން ކަމަށާއި، ޗުއްޓީ ނަގާނެ ޑޮކްޓަރުންނާއި، ވަޒީފާއިން ކެނޑިގެން ދާ ޑޮކްޓަރުންގެ ތަފްސީލްވެސް ލިޔެކިޔުމުން ދިޔައީ އަންގަމުން ކަމަށާއި އެހެންނަމަވެސް އެ މެއިލްތަކަށް ޖަވާބު ނުދެއްވާ ފަހުން ވިދާޅުވީ ޑޮކްޓަރުން ނުފޮނުވުނީ ހަނިމާދޫއަށް ދާ ފްލައިޓްތަކުން ޖާގަ ނުލިބުމުން ކަމަށް ފައިޒަލް ވިދާޅުވި ކަމަށެވެ.

ޑޮކްޓަރުން ނެތި ހޮސްޕިޓާ ހިންގުމަށް ދަތިވުމުން ފައިޒަލް ޚާން ދެން އިނގިލި ދިމާކުރެއްވީ ހޮސްޕިޓާ ހިންގުމަށް ތިއްބެއްވި މުވައްޒަފުންނަށާއި ހެލްތް މިނިސްޓްރީއަށް ކަމަށް އުސައިދު ވިދާޅުވި އެވެ.

އެގޮތުން ހޮސްޕިޓަލުގެ ކަންކަމަށް ދަތިވެ ހައްލު ނުކުރެވެނީ ހޮސްޕިޓާ ހިންގަން ތިބި ދިވެހި މުވައްޒަފުންގެ ފަރުވާކުޑަކަމުންނާއި ނާބާލް ކަމުންކަމަށާއި ހެލްތް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ލަސްވާނަމަ ހޮސްޕިޓާ ނުހިންގޭނެ ކަމަށްބުނެ ޒިންމާއިން ރެކެން ފައިޒަލް މަސައްކަތް ކުރާކަމަށް އުސައިދު ވިދާޅުވި އެވެ.

އެގޮތުން އާސަންދަ ލާރި ނުލިބޭކަމަށާއި ބައެއް ޑޮކްޓަރުންގެ ލައިސެންސް ނުލިބޭކަމަށް ވިދާޅުވެ ބަހަނާ ދައްކަވަމުން ގެންދެވި ކަމަށާއި އެހެންނަމަވެސް މިކޮޅުން ހިއްސާ ކުރާ މައްސަލަތަކަށް އެމްޑީގެ ހައިސައްޔަތުން އެއްވެސް ހައްލެއް ހޯދުމަށް މަަސައްކަތް ނުކުރައްވާ ކަމަށްވެސް އުސައިދު ވިދާޅުވި އެވެ.

” ފައިސަލް ޙާން މައްސަލަ ޖެއްސެވީ އާސަންދަ ލާރި ނުލިބިގެން. ދެން ވިދާޅުވަނީ މިނިސްޓްރީ އޮފް ހެލްތުން ކުރައްވަން ޖެހޭ މިވެނި ކަމެއް އެވަނި ކަމެއް ކީއްވެހޭ މިއޮތީ ނުކޮށް، އަޅުގަނޑު ވިދާޅުވިން އާސަންދަ ލަރި އެއްކައިރީގައި ބާއްވަވާށޭ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ނަގާއިރު އިންވެސްޓަރުގެ ހައިސިއްޔަތުން ކޮބާހޭ ފައިޒަލް ޚާންގެ ޒިންމާ މިތަނަށް ވަކިން ކެޕިޓަލް ހޯދުމުގެ. ކީއްވެހޭ ލާރި ނުފޮނުވަނީ. ދަރަނި އެބައޮތޭ މިވަރަށް ބިލްތަކާއި އެއްޗެހި މިވަރަށް އަރާފައި އެބައޮތޭ. އަޅުގަނޑު ވިދާޅުވިން ހެލްތުން ކުރަން ޖެހޭ ހުރިހާ ކަމެއް އޮތީ ކުރައްވާފައޭ. 15 ޑޮކްޓަރުންނަށް މިހާރުވެސް އަޅުގަނޑުމެން ލައިސެންސް ހޯދާފައޭ އޮންނާނީ ކޮބާހޭ އެޑޮކްޓަރުން” މައްސަލައް ހިއްސާ ކުރަވަމުން އުސައިދު ވިދާޅުވި އެވެ.

އުސައިދު ވިދާޅުވީ ފައިޒަލް ބޭނުންވީ ފައިޒަލް އަށް މިކަން ނުވެ ފެއިލްވާން ފެށުމުން އެހެން ބައެއްގެ ބޮލުގައި މި ބަދުނާމު އަޅުވަން ކަމަށާއި އެހެންކަމުން މިނިސްޓްރީއަށް ކަންތައްތަކެއް ނުކުރެވި ހުރިކަން ދައްކާ ހޮސްޕިޓާ ނުހިނގީ ތަން ހިންގަން ތިބި ދިވެހި މުވައްޒަފުންގެ ފަރުވާ ކުޑަކަމާއި ނާގާބިލްކަމުން ކަމަށް ވިދާޅުވީ ޒިންމާއި ރެކުމަށް ކަމަށެވެ

މީގެ ކުރިން އުސައިދު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ހޮސްޕިޓާ ހިންގަން ދަތިވެފައިވަނީ އާސަންދައިން ލިބެނޭ ޖެހޭ ރުފިޔާ ލިބުމުގައި ލަސްވާތީ އެކަނި ނޫންކަމަށާއި ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓުން ލިބެން ޖެހޭ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭތީ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލާގެ ތެރޭގައި ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށްޓަކައި އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏާއި މައި ކުންފުންޏާ ދެމެދު މައްސަލަތަކެއް ޖެހިފައިވާއިރު ހޮސްޕިޓާ ހިންގުމަށް އެންއައިއައިން އެއްބާރުލުން ނުދޭކަމަށް އަދި ހޮސްޕިޓާ ތަރައްގީ ނުވެ ހުއްޓިފައިމިއޮތީ މައި ކުންފުނީގެ ޒިންމާ އަދާ ނުކުރާތީ ކަމަށްވެސް އުސައިދު މިވަނީ ވިދާޅުވެފަ އެވެ.

ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބައެއް ކަންކަން ހިންގުމާއި ހެލްތް މިނިސްޓްރީން ވަނީ ހަވާލުވެފަ އެވެ. އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ފޮނުވުމާއި މިވަގުތު ހަވާލުވެފައިވަނީ ހެލްތުންނެވެ.

އާސަންދަ ބިލުތަކެއް ވަނީ އޮޅުވާލާފަ، މައްސަލަ ޖެހުނީ ހިޔާނާތާ ދެކޮޅުހެދުމުން: އުސެއިދު

ހެލްތް މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީން ދީފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ ބަލާނެ ކަމަށާއި ސަރުކާރުގެ މައްސަލައަކަށް ވާނީ ހިދުމަތްތަށް ނުދެވި ލަސްވާތީ ކަމަށެވެ. އަދި ޝެޑިއުލްއާ އެއްގޮތަށް ހިދުމަތް ނުދެވި ލަސްވާ މައްސަލާގައި މީގެން ކުރިންވެސް އެންއައިއައިގެ ބޭފުޅުން މިނިސްޓްރީއަށް ގެނެސް ވާހަކަދައްކާފައިވާނޭ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.

އުސެއިދަކީ މީގެ ކުރިންވެސް ކުޅުދުއްފުއްޓަށް ހިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ބީއެމްއެލްގެ ހިދުމަތްތަށް ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތީގައި ފެށުމަށް އުސެއިދު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355