ޑިސެމްބަރު މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.
އަންނަ ޖެނުއަރީ 1 ވަނަ ދުވަހަކީވެސް ރަސްމީ ބަންދު ދުވަހެކެވެ. އާދިއްތަ ދުވަސް ބަންދު ކުރުމާއެކު އާ އަހަރާ އެކު ހަތަރު ދުވަހުގެ ބަންދެއް ވަޒީފާއަދާކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
އަންނަ އަދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއައްޒަފުންގެ ލުއިފަސޭއަށްޓަކައި ޑިސެމްބަރު މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވައިފި ކަމަށެވެ.