twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރަޝިޔާގެ އަންހެނެއްގެ ބަނޑުން ދަގަނޑުގެ ބާވަތްތަކެއް ނަގައިފި

Dec 27, 2017

ރަޝިޔާގެ 74 އަހަރުގެ އަންހެނެއްގެ ބަނޑުން މޮހޮރާއި އިސްކުރުފަދަ ދަގަނޑުގެ ބާވަތްތަކެއް ނަގައިފި އެވެ.

ރަޝިޔާގެ ނޫހެއްގައި ރިޕޯޓުކޮއްފައިވާ ގޮތުގައި މި އަންހެން މީހާގެ ބަނޑުން ރަޝިޔާގެ ޑޮކްޓަރުންވަނީ މޮހޮރާއި އިސްކުރުފަދަ ދަގަނޑުގެ 152 އެތިކޮޅު ނަގާފައެވެ.

އުލާން-އުޑޭގެ ސެމަޝްކޮ ރިޕަބްލިކަން ހޮސްޕިޓަލް އިން ހޯމަ ދުވަހު ބުނި ގޮތުގައި، އެ އަންހެންމީހާ އާދަޔާހިލާފަށް ހުންއައުމާ ގުޅިގެން ހޮސްޕިޓަލްގެ ޑޮކްޓަރުން ވާނި އެންޑޮސްކޮޕީއެއް ހެދުމަށް ލަފާދެއްވާފައެވެ. އަދި އޮޕަރޭޝަންގެ ތެރެއިން 4 މޮހޮރު އޭނާގެ ބަނޑުތެރެއިން ނަގާފައިވާއިރު، އިތުރު ދަގަނޑުގެ ބާވަތްތައްވެސް ބަނޑުގައި ހުރި ކަމަށް ދެއްކުމުން އިތުރު ސާޖަރީއެއް ކުރުމަށް ވަގުތުން އޭނާ ބަދަލުކުރެވުނެވެ.

އޮޕަރޭޝަން ޑޮކްޓަރ ބުލާޓް ޝޮބޮލޮވް ބުނި ގޮތުގައި އެ އަންހެންމީހާގެ ބަނޑުން، މޮހޮރާއި، އިސްކުރާއި، ދޮރުގެ ތަންޑު ފަދަ ބާވަތްތައް ފެނިފައިވެއެވެ. އެގޮތުން 152 އެތިކޮޅު ނެގި ކަމުގައި އެ ރިޕޯޓުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355