twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްކްރީންތަކަށް ގިނަ ވަގުތު ބެލުން، ލޮލުގެ ފެނުން ކުޑަކޮށްދޭ ކަމެއް !

Dec 31, 2017

ސްމާޓްފޯންތަކާއި، ކޮމްޕިއުޓަރ ގޭމްތައް ކުޅުމުގައި ގިނަ ކުދިން މިހާރަކަށް އައިސް ވަގުތުތައް ހޭދަކުރާ ކަމީ ފާހަގަކުރެވޭ ކަމެކެވެ.

ހަމަ ޔަގީނުންވެސް އެކުދިންގެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް، މިފަދަ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސަބަބުން އެއްވެސް ފައިދާއެއްނުކުރާނެއެވެ. މީގެ ބަދަލުގައި އެކުދިންގެ ލޮލުގެ ފެނުން ދައްކޮށްދެއެވެ.

ލޮލުގެ ފެނުމާއިގުޅޭގޮތުން މާގިނަ ރިސާރޗްތަކެއް ހެދިފައިނެތަސް، 2007 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް އެޕަލްގެ ބްރޭންޑްތައް ތައާރަފްވުމާއި އެކު، ގިނަ ބަޔަކު ދިޔައީ މި ބްރޭންޑްތަކަށް އަހުލުވެރިވަމުންނެވެ. އަދި ސްމާޓް ފޯން ބޭނުންކުރާ މިންވަރު އިތުރުވަމުންނެވެ. އަދި ލޮލުގެ ފެނުމާއި ބެހޭ ދިރާސާތައްކުރާ މީހުން ދިޔައީ މިކަމާ ކަންބޮޑުވަމުންނެވެ.

ސަބަބަކީ “ޝޯޓް ސައިޓެޑްނެސް” ހުންނަ މީހުންގެ އަދަދު އިތުރުވުމެވެ. އަދި މިކަން މަދުކުރުމަށް ތަޖުރިބާކާރުން މިހާރު ލަފާދޭ ގޮތުގައި ކުޑަކުދިން ކުޅިވަރުގައި ބޭރުތެރޭގައި ހޭދަކުރާ ވަގުތު އިތުރު ކުރުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ވަރަށް ބުއްދިވެރި ކަމެކެވެ. ސްކްރީން ތަކަށް ބެލޭ މިންވަރު ކުޑަކުރުމާއި، ބޭރުތެރޭގައި ވަގުތު ހޭދަކުރުމަކީ މި ސިއްހީ މައްސަލައިން ސަލާމަތްވުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. އަދި ކެއުމުގައި ތަރުކާރީގެބައި އިތުރުކުރުމަކީވެސް އެދެވިގެންވާ ކަމެކެވެ.

ޝޯޓް ސައިޓެޑްނެސް ހުންނަކަން ދެނެގަންނާނީ ކިހިނެއް

• މިފަދަ ކުދިންގެ ބޮލުގައި ރިއްސުމާއި، ލޮލަށް ބަރުވެފައި ހުރުމަކީ އާންމު ކަމެެވެ.

• ދުރުގައި ލިޔެފައި ހުންނަ އެއްޗެއް ކިޔުމަށް ދަތިވުން.

• ޓީވީ އާއި މާކައިރީގައި އިނުން.

• ލޯއުންގުޅުން.

މި ސިއްހީމައްސަލަ ދިމާވެފައި ހުންނަ މީހުންގެ ލޮލުގައި ކުޑަ ދިގު ކަމެއް ފާހަގަ ކުރެވޭނެއެވެ. ސަބަބަކީ ހަމައެކަނި ލޮލުގެ ރެޓިނާއިން، ސީދާ ލޮލުގެ އެތެރެއަށް އަލި ދަތުރުކުރާތީއެވެ. އަދި ދުރު ފުސްވެ، ކައިރި ފެންނަލެއް މިމީހުންނަށް ސާފުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355