twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކަސްޓަމްސްގެ ބްރޯކާ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

Dec 31, 2017

ކަސްޓަމްސްގެ އެކަޑަމީއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް ފަރުމާކޮށްގެން ހިންގާ ކަސްޓަމްސް ބްރޯކާ ކޯހުގެ 8 ވަނަ ބެޗް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ޖުމްލަ 14 ބައިވެރިޔަކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަސްޓަމްސްގައި ބޭއްވުނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ކޯހުގައި ކިޔަވާދެއްވި ކަސްޓަމްސްގެ މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަލްފާޟިލް އިސްމާއިލް އަބްދުﷲ އެވެ.

ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކުރި ބްރޯކަރުންނާއި މުޚާތަބުކުރައްވައި ކޮމިޝަނަރ ޖެނެރަލް ދެއްކެވިވާހަކަފުޅުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު ކަސްޓަމްސް ބްރޯކަރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ކަސްޓަމްސް ބްރޯކަރުންނަކީ ދުނިޔޭގެ ކަސްޓަމްސްގެ ޖަމިއްޔާއިންވެސް ވަރަށް އިހުތިރާމާއިއެކު ބަލައިގަންނަ ފަރާތެއްކަމާއި އަދި ރައްޔިތުންނަށް ލުއިފަސޭހަ ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމުގައި ބްރޯކަރުންގެ ދައުރުގެ މުހިއްމުކަން ބަޔާންކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355