އިމާމުންނާ ޚަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު ޖުމްލަ 206 އިމާމުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މީގެ ތެރެއިން ހދ އަތޮޅުން 32 އިމާމުން ހިމެނެ އެވެ.
މާލެއާއި އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމުގައި މާލޭ ސިޓީން 54 އިމާމުންނާއި، ފުވައްމުލައް ސިޓީން 31 އިމާމުންނާއި، އައްޑޫ ސިޓީން 47 އިމާމުންނާއި، ލ.އަތޮޅުން 30 އިމާމުން ފުރިހަމަކޮށްފައިވެ އެވެ.
މި ޕްރޮގްރާމުގެ ދަށުން އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި، ޤުރުއާން، އިސްލާމީ ފިޤްޙް، މިސްކިތްތަށް ބެލެހެއްޓުމާއި، ކަށުކަމާއި ކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި، އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާއީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތުދެއެވެ.
އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ހުނަރުތައްވެސް މި ތަމްރީނުތަކުގައި ކިޔާދީފައިވާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުުރުން ސައުދީ އަރަބިއްޔާގައިވެސް އިމާމުން ތަމްރީނުކުރުމުގެ ޕްރިގްރާމްތަކެއް ހިންގާފައި ވާއިރު ސައުދީ އަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން ރާއްޖޭގެ 12 އިމާމުންވެސް މިދިޔަ އަހަރު ތަމްރީނުވެފައިވާކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.