twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޕަބްލިކް ހެލްތްގެ މަސައްކަތް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ސަރުކާރުން ނިންމައިފި

Mar 8, 2011

ޕަބްލިކް ހެލްތްގެ މަސައްކަތް ލާމަރުކަޒީ އުޞޫލުން ހިންގަވަން ފެއްޓެވުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

މާދަމާއިން ފެށިގެން ލާމަރްކަޒީ އުޞޫލުން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ހިންގަވަން ފެށްޓެވުމަށް ސަރުކާރުން ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި، ޕަބްލިކް ހެލްތްގެ މަސައްކަތް ރަށު ކައުންސިލްތަކުގައި ފެށްޓެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ޕަބްލިކް ހެލްތްގެ މަސައްކަތް ލާމަރުކަޒީ ކުރެއްވުމުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި މިވަގުތު ވަޒީފާ އަދާކުރާ، ހުރިހާ ރަށެއްގައި ތިބި ހެލްތް ވާރކަރުން، ރަށު ކައުންސިލް މުވައްޒަފުންނަށް ބަދަލުކުރެއްވުމަށާއި، ހެލްތް ވާރކަރުންނަކީ، ޕަބްލިކް ހެލްތްގެ މަސައްކަތްތައް، އެރަށެއްގައި ޢަމަލީގޮތުން ހިންގާނެ މުވައްޒަފުން ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވިއެވެ. އަދި ހެލްތް ވާރކަރުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތްކުރާނެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގެ މުވައްޒަފުންނަށް ޖާގަ ހޯދުމުގައި، ޤައުމީ އިދާރާއިން ކައުންސިލްތަކަށް އެހީތެރިވެދެއްވުމަށް ނިންމެވިއެވެ. ރަށްރަށުގެ ކައުންސިލްތަކުގައި ތިބޭނެ ހެލްތް ވަރކަރުންގެ ޢަދަދު ކަނޑައަޅުއްވާނީ، ޤައުމީ އިދާރާއިން ކަނޑައަޅުއްވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355